logoEN
cocacola
އެމްއެންޔޫގެ ފޮތް މައުރަޒު މާދަމާ ފަށަނީ

އެމްއެންޔޫގެ ފޮތް މައުރަޒު މާދަމާ ފަށަނީ

އަހުމަދު ޝުރާއު

logo

9/11/2024, 4:40:00 PM

# އެމްއެންޔޫ

--

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ބާއްވާ ފޮތް މަޢުރަޒު މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ.

ގޮސިޔާ

އެމްއެންޔޫ ސެންޓްރަލްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މައުރަޒު ކުރިއަށް ދާނީ މާދަމާއިން ފެށިގެން މިމަހުގެ 14 ވާ ހޮނިހިރު ދުވަހާއި ހަމައަށެވެ. މިއިން ކޮންމެ ދުވަހެއްގެ ވެސް، ހަވީރު 16:00 ކުން 18:00އަށް އަދި ރޭގަނޑު 20:00 އިން 22:00އަށް މައުރަޒު ކުރިއަށް ދާނެއެވެ.

މީގެ އިތުރުން، މި މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވާ ދުވަސްތަކުގެ ތެރެއިން ހުކުރު ދުވަހު، ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވެސް އެމްއެންޔޫ އިން ހަމަޖައްސާފައިވެއެވެ.

އެމްއެންޔޫ ފޮތް މައުރަޒުގެ މަޤްސަދަކީ ދިވެހި ލިޔުންތެރިންނަށް ހިއްވަރުދިނުމުގެ ގޮތުން، އާންމުންނާއި ހިސާބަށް އެބޭފުޅުންގެ ލިޔުންތެރިކަން ފޯރުކޮއްދިނުމާއި، ޝާއިއު ނުކުރެވި ހުރި ފޮތްތަތަށް އާންމުންނާއި ހިސާބަށް ގެނެސްދިނުމާއި، ދިވެހިންގެ ތެރޭގައި ފޮތްކިޔުމަށް އޮންނަ ލޯބި އިތުރުކުރުމާއެކު ފޮތް ވިއްކުމަށް ބޭނުންވާ ލިޔުންތެރިންނަށް އެފުރުސަތު ފޯރުކޮއްދިނުމެވެ.

މި މައުރަޒުގައި، ޖުމްލަ 25 ފަރާތަކުން ބައިވެރިވެލައްވާފައިވާއިރު، އެހެން ފަހަރުތަކާއި އެއްގޮތަށް، މިފަހަރު ވެސް މަރުކަޒުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ