logoEN
cocacola
އެމްއެންޔޫގައި ތެވެލި އިންޓަރނޭޝަނަލް ކޮންފެރެންސް މިމަހު!

އެމްއެންޔޫގައި ތެވެލި އިންޓަރނޭޝަނަލް ކޮންފެރެންސް މިމަހު!

އަހުމަދު ޝުރާއު

logo

8/11/2024, 6:05:13 AM

# އެމްއެންޔޫ

--

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ކުރިއަށް ގެންދާ ތެވެލި އިންޓަރނޭޝަނަލް ކޮންފެރެންސް 2024 ގެ ދަށުން، "ބްރިޖިން ބައުންޑަރީސް: އެކްސްޕްލޯރިންގ ސިނަރޖީސް އެކްރޮސް ރިސާޗް ޑިސިޕިލިނަރީސް"ގެ ނަމުގައި ކޮންފެރެންސްއެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

ގޮސިޔާ

މި ކޮންފެރެންސްގައި އެކި ދާއިރާތަކުގެ ދިރާސާކުރުމުގެ ތަފާތު އެކި އުސޫލުތަކާއި ހަމަތަކާއި ގުޅޭގޮތުން މަޝްވަރާކޮށް، ތަފާތު ދާއިރާތަކުގައި ކުރެވިފައިވާ ދިރާސާތަކާއި ގުޅޭ ހުށައެޅުންތަށް ފެނިގެންދާނެއެވެ.

މިމަހުގެ 19 އިން 20 ށް އެމްއެންޔޫގެ ސެންޓްރަލް އޮޑިޓޯރިއަމްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގެ ކީނޯޓް ސްޕީކާސް އިން ގެ ގޮތުގައި ބައިވެރިވެލައްވަނީ ޔުނިވާސިޓީ އޮފް ވޮޝިންޓަންގެ އޯޝަންއޯގްރާފަރ، ޑރ. ލުކް ރެއިންވައިލް، މޯލްޑިވިސް ކްލައިމެޓް އޮބްޒަރވަޓޮރީ (އެމްސީއޯއެޗް)ގެ އެންވާރޮމެންޓަލް ސައިންޓިސްޓް، ޑރ. ކްރިޝްނަކާންތް ބުދަވަންތް، ބްރިމިންގްހަމް ސިޓީ ޔުނިވާސިޓީގެ ޕްރޮފެސަރ، ޚަވާރް ހަމީދް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ސީނިއަރ ކޮންސަލްޓެންޓް ސަބްސްޕެޝަލިސްޓް، ޑރ. އައިޝަތް އެލީނާގެ އިތުރުން ކިޔޯޓޯ ޔުނިވާސިޓީގެ ޕްރޮފެސަރ، ހިރޮއާކީ އޮގާޓާއެވެ.

އެކި ދާއިރާތަކުގެ ފުންނާބުއުސް ބޭފުޅުން ބައިވެރިވެލައްވާ މި ކޮންފެރެންސްގައި ކަނޑާއި ކަނޑުގެ ދިރުންތަކާއި ގުޅޭގޮތުން ކުރެވިފައިވާ ދިރާސާތަކާއި، ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާއި، ޑިޖިޓަލް ވަސީލަތްތަށް ބޭނުންކޮއްގެން ތަޢުލީމު ފޯރުކޮއްދިނުމާއި ގުޅޭ ދިރާސާއާއި، ހިތުގެ ބަލިތަކާއި އެފަދަ ބަލިތަކަށް ހުރި ފަރުވާއާއި ގުޅުން ހުރި ދިރާސާގެ އިތުރުން އިންޕޮމޭޝަން ޓެކްލޮޖީ (އައިޓީ) ދާއިރާއާއި ގުޅުން ހުރި ދިރާސާތަށް ހިއްސާކުރެވިގެންދާނެއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުން މަސައްކަތްކުރާ، އެމްއެންޔޫ އިން ކުރިއަށް ގެންދާ، 'ތެވެލި ކޮންފެރެންސް'ގެ މައިގަނޑު މަޤްސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ތަޖުރިބާކާރު ބޭފުޅުންނާއި ތަޢުލީމީ ބޭފުންގެ އެއްބާރުލުމާއެކު ދަރިވަރުން އެކި ދާއިރާތަކަށް އަހުލުވެރިކުރުވައި މަޢުލުމާތު މުއްސަނދިކުރުމެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ