logoEN
cocacola
ޖައިޝަންކަރު, އައްޑޫ ސިޓީއަށް ވަޑައިގެންފި

ޖައިޝަންކަރު, އައްޑޫ ސިޓީއަށް ވަޑައިގެންފި

އަހުމަދު ޝުރާއު

logo

8/11/2024, 5:52:52 AM

# އިންޑިޔާގެ ޚާރިޖީ ވަޒީރު ޖައިޝަންކަރު

--

އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓަރި ޑރ އެސް ޖައިޝަންކަރު އައްޑޫ ސިޓީއަށް ވަޑައިގެންފި އެވެ.

ގޮސިޔާ

ޖައިޝަންކަރު އައްޑޫއަށް ވަޑައިގެންނެވީ މިއަދު ހެނދުނު 10:30 ހާއިރު އެވެ. އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ޖައިޝަންކަރުއަށް މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އާއި އައްޑޫ ސިތީ މޭޔަރު އަލީ ނިޒާރުގެ އިތުރުން އައްޑޫ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން އެވެ.

ޖައިޝަންކަރު އައްޑޫއަށް ކުރައްވާ ދަތުރުފުޅަކީ އެރަށުގައި އިންޑިއާ ސަރުކާރުގެ އެހީގައި ކުރިޔަށް ގެންދިޔަ ބައެއް މަޝްރޫއުތަކުގެ ނިމުން ވާހަގަކޮށް ދިވެހި ސަރުކާރާއި ރަސްމީކޮށް ހަވާލުކުރުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވުމަށް ކުރައްވާ ދަތުރުފުޅެކެވެ. އެގޮތުން އެންމެ މުހިންމު މަޝްރޫއުއެއްގެ ގޮތުގައި ފާޙަގަކޮށްލެވެނީ ހަންކެޑެ ބްރިޖުގެ މަޝްރޫއުއެވެ. އެ ބްރިޖް ހަދާފައި ވަނީ ކުރިން ބްރިޖަކުން ހަންކެޑެއާ ގުޅުވާފައި އޮންނަ ގައުކެނޑި އާއި މަރަދޫ ގުޅޭ ގޮތަށެވެ. އެގޮތުން މަރަދޫ ފަޅިން ބްރިޖް ގުޅުވާފައި ވަނީ އެ އަވަށުގެ ބޮޑުގެ މަގުގެ ކޮޅުންނެވެ. މި އާ ބްރިޖަކީ ހަންކެޑެ އާއި ގައުކެނޑި ގުޅުވާފައި އޮތް ބްރިޖްގެ ބަދަލުގައި ދެން ދަތުރު ކުރަން ޖެހޭ ގޮތަށް ހެދި ބްރިޖެކެވެ. މި ބްރިޖް ހެދުމުގެ އަމަލީ މަސައްކަތް އެފްކޮންސް އިން ފެށީ 2021 ގަ އެވެ.

މީގެ އިތުރުން އައްޑޫގެ ބިންހިއްކުމާ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ވެސް ފާހަގަކުރުމަށްވެސް ވަނީ ހަމަޖެހިފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ