logoEN
cocacola
ރާއްޖެއާއި އިންޑިޔާގެ ދެމެދުގައި އޮތީ ވަރަށް ގާތް ގުޅުމެއް: ޚާރިޖީ ވަޒީރު

ރާއްޖެއާއި އިންޑިޔާގެ ދެމެދުގައި އޮތީ ވަރަށް ގާތް ގުޅުމެއް: ޚާރިޖީ ވަޒީރު

# އިންޑިޔާގެ ޚާރިޖީ ވަޒީރު ޖައިޝަންކަރު# ޚާރިޖީ ވަޒީރު މޫސާ ޒަމީރު# ރާއްޖެ-އިންޑިއާ

ރާއްޖޭގެ ޚާރިޖީ ވަޒީރު ޒަމީރު އަދި އިންޑިޔާގެ ޚާރިޖީ ވަޒީރު ޖައިޝަންކަރު، މިދިޔަ ހުކުރު ދުވަހު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ރާއްޖެއާއި އިންޑިޔާ ދެމެދު ރުޅިވެރިކަމެއް ނެތް ކަމަށާއި، ދެ ގައުމުގެ ދެމެދުގައި އޮތީ ވަރަށް ގާތް ގުޅުމެއް ކަމުގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންޑިޔާ އަދި ރާއްޖޭގެ ދެމެދުގައި އޮތް ގުޅުމަށް އިޝާރަތްކުރައްވައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ގައުމަކުން ތަރައްގީވަމުން އަންނަ ގައުމަކަށް ރާއްޖެ ބަދަލުވުމަށް ކުރި ދަތުރުގައި ވެސް އެންމެ ބޮޑުކޮށް ލިބުނީ އިންޑިޔާގެ އެހީތެރިކަން ކަމަށެވެ.

އެގޮތުން ވަޒީރު ވިދާޅުވީ ކުރެއްވީ ތިނެއް ނޮވެމްބަރު 1998ގެ ޢުދުވާނީ ޙަމަލާއިން ރާއްޖެ ސަލާމަތްކުރުމުގައި ވެސް އިންޑިޔާގެ ދައުރު ބޮޑުކަމަށެވެ.

"އަދިވެސް ރާއްޖެއަށް ދިމާވާ ކަންކަމުގައި އިންޑިޔާގެ އެހީތެރިކަން ލިބޭނެކަމާ މެދު ޝައްކެއް ނުކުރަން،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އިންޑިޔާ ބޮޑު އިންތިޙާބެއްގެ މެދުގައި އޮތް އިރު ވެސް، ވަޒީރު އިންޑިޔާއަށް ވަޑައިގަތުމުން އިންޑިޔާއިން ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށެވެ. އެގޮތުން ކެމްޕޭނުގައި ހުންނަވައިގެން އެ ގައުމުގެ ޚާރިޖީ ވަޒީރު، ސުބްރަހްމަންޔަމް ޖައިޝަންކަރު ވަޒީރުއާ ބައްދަލުކުރައްވައި ގިނަ މަޝްވަރާތަކެއް ކުރެއްވި ކަމުގައި ވަޒީރު ވިދާޅުވިއެވެ.

އެގޮތުން މިދިޔަ ހުކުރު ދުވަހު ބޭއްވި އެ ބައްދަލުވުމުގެ ވާހަކަތައް ޙިއްސާ ކުރައްވަމުން ވަޒީރު ވިދާޅުވީ، އެ ބައްދަލުވުމުގައި ރާއްޖެއާ އެކު ކަންކަމުގައި ކުރިއަށްދާނެ ގޮތުގެ މަގުތައް ރާވައިފައިވާ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ