logoEN
cocacola
ރައީސް މުއިއްޒުގެ 5 މިލިއަން ގަސް އިންދުމުގެ ހަރަކާތުގައި ޖައިޝަންކަރު ބައިވެރިވެވަޑައިގެންފި

ރައީސް މުއިއްޒުގެ 5 މިލިއަން ގަސް އިންދުމުގެ ހަރަކާތުގައި ޖައިޝަންކަރު ބައިވެރިވެވަޑައިގެންފި

އަހުމަދު ޝުރާއު

logo

8/10/2024, 7:54:51 AM

# ރާއްޖެ - އިންޑިއާ

--

ރާއްޖޭގައި 5 މިލިއަން ގަސް އިންދުމަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއި އެކު ފަށާފައިވާ ޕްރޮގްރާމުގައި އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ޑރ އެސް ޖައިޝަންކަރު ބައިވެރިވެވަޑައިގެންފި އެވެ.

ގޮސިޔާ

މި ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ޑރ އެސް ޖައިޝަންކަރު ވަނީ މިއަދު މާލޭގެ ލޮނުޒިޔާރާތްޕާކުގައި ގަހެއް އިންދަވާފައި އެވެ. އެގޮތުން ޖައިކަންޝަރު އިންދެވެހީ ސްޓާރ ފްރުޓް ގަހެކެވެ.

މިއަދުގެ ހަރަކާތުގައި ޖައިޝަންކަރުގެ އަރިހުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އާއި އެންވަރަމެންޓު މިނިސްޓަރު ތޯރިގް އިބްރާހިމް އާއި މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

View post on Twitter

ރައީސް މުއިއްޒުގެ ސަރުކާރުގެ 5 އަހަރުގެ ތެރޭގައި 90 އަށް ވުރެ ގިނަ ވައްތަރުގެ ގަސް ރާއްޖޭގެ އެކި ސަރަހައްދުގައި އިންދަން ވަނީ ނިންމާފައި އެވެ. އަދި މިގޮތުން އިންދާ ގަސްތައް މޮނިޓަރކޮށް، އޭގެ ސިއްހަތު ބަލާ، ކާބަން ނަގާ މިންވަރު ވަޒަންކުރެވިގެންދާނެއެވެ.

މި ޕްރޮގްރާމް ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ ތިމާވެށީގެ ދުވަހު އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ