logoEN
cocacola
ޔޫޕީއައި ނިޒާމް ރާއްޖެއަށް ތައާރަފްކުރުމަށް އިންޑިއާއި އެކު ސޮއިކޮށްފި

ޔޫޕީއައި ނިޒާމް ރާއްޖެއަށް ތައާރަފްކުރުމަށް އިންޑިއާއި އެކު ސޮއިކޮށްފި

އަހުމަދު ޝުރާއު

logo

8/9/2024, 6:14:37 PM

# ރާއްޖެ-އިންޑިއާ

--

އިންޑިއާގެ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް، ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސް (ޔޫޕީއައި) ރާއްޖެއަށް ތައާރަފްކުރުމަށް އިންޑިއާއާއި އެކު ސޮއިކޮށްފި އެވެ.

ގޮސިޔާ

މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިންޑިއާގެ ނެޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި)ގެ، ބައިނަލަގްވާމީ ވިޔަފާރިއާއި ބެހޭ ކުންފުނި ކަމުގައިވާ އެންޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް (އެންއައިޕީއެލް ) އާއި ރާއްޖޭގެ އިގްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ދެމެދު އެވެ.

އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ޑރ އެސް ޖައަޝަންކަރު ރާއްޖެއަށް ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން މިރޭ ރާއްޖޭގެ ހާރިޖީ ވުޒާރާގައި އޮތް ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގެ އިގްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސައީދު އެވެ.

ރާއްޖޭގެ އިގްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ބުނީ މި އެމްއޯމޫގެ ދަށުން އުފެދިގެންދާ ގުޅުމުގެ މައިގަނޑު އަމާޒަކީ، ރައީސް ޑރ ޑރ. މުހައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ތަސައްވަރު ކުރެވިފައިވާ، ކްރިއޭޓަރ އިކޮނޮމީގެ ފުރުޞަތުތައް ދިވެހިންނަށް ހޯދައިދިނުމާއި، އި-ކޮމާރސްގެ ދާއިރާ ތަރައްގީ ކުރުމާއި މާލީބާޒާރުގައި ބައިވެރިވުމުގެ ފުރުޞަތުތައް އިތުރުކޮށް، މާލާބާޒާރު އިތުރަށް ފުޅާކުރުން ކަމަށެވެ.

އެމްއޯޔޫގެ މައިގަނޑު މަގްސަދުތައް
  1. ޑިޖިޓަލް ޕޭމަންޓު ސިސްޓަމް ތަރައްޤީކުރުން : ފަސޭހަކާއި ރައްކާތެރިކަމާއި އެކު ފައިސާފޮނުވުމުގެ ހިދުމަތް ދިނުމަށް ބޭނުންވާ ޒަމާނީ ޓެކްނޮލޮޖީ ގާއިމްކުރުން
  2. މާލީބާޒާުގައި ފަރުދުންގެ ބައިވެރިވުުން އިތުރުކުރުން: މާލީ ބާޒާރުގައި ބައިވެރިވުން ކުޑަ ފަރާތްތަކަށް ހިދުމަތްތައް ތައާރަފްކުރުމާއި އިގްތިސޯދީ މަސައްކަތްތައް މަގުފަހިކުރުމާއި ބައިވެރިވުން އިތުރުކޮށް އިގްތިސޯދު ކުރިއެރުވުން
  3. އިންޓަރއޮޕެރަބެލިޓީ: ފަސޭހަކަމާއެކު ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަށް، ޤައުމީ އަދި ބައިނަލް އަގުވާމީ ނެޓްވޯކުތަކާއި ގުޅިލާމެހުން އިތުރުކުރުން
  4. ހުނަރާއި ގާބިލްކަން އިތުރުކުރުން: އަލަށް ތައާރަފްވަމުން އަންނަ ފައިސާގެ މުއާމަލާތްތަކާއި އީކޮމާސްގެ ނިޒާމުތައް އެންމެ އެދެވޭގޮތެއްގައި ބޭނުން ހިދުމަށް ބޭނުންވާ ތަމްރީނާއި އެހީތެރިކަން ރާއްޖޭގައި މާލީ ހިދުމަތް ފަރާތްތަކަށް ފޯރުކޮށްދިނުން

އެންޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓު ލިމިޓެޑާއި އެކު ގާއިމުކުރެވުނު ގުޅުމަކީ ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކޮށްގެން އިގުތިސާދުގެ ހަކަތަ އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އާދެވުނު ވަރަށް މުހިންމު މަންޒިލެއް ކަމަށާއި ކުރިއަރާފައިވާ ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ މަގްސަދަކީ މިހާރަށްވުރެ ބޮޑަށް ޝާމިލުވެ ކުރުންތެރި މާލީ ވެއްޓެއްގެ މަންފާ ދިވެހީންނަށް ލިބިގެން ދިޔުން ކަމަށް އިގްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ބުނެއެވެ.

މި އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޑރ ޖައަޝަންކަރު ވިދާޅުވީ އުއްމީދުކުރަނީ ވަރަށް އަވަހަށް ރާއްޖޭގައި ޔޫޕީއައިގެ ފުރަތަމަ ޓްރާންސެކްޝަން ހިނގާތަން ފެނުން ކަމަށެވެ.

ޔޫޕީއަކީ ނަގުދު ފައިސާ ގެންގުޅުމުގެ ބަދަލުގައި ހާއްސަ އެޕެއް މެދުވެރިކޮށް އޮންލައިންކޮށް ޕޭމެންޓުތައް ފަސޭހައިން ހެދޭ ނިޒާމެކެވެ. މި ޚިދުމަތް އިންޑިއާއިން މިއަހަރު ވަނީ ސްރީލަންކާއަށް ވެސް ތައާރަފްކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ