logoEN
cocacola
ރާއްޖެއަކީ އިންޑިއާއިން އަބަދުވެސް އިސްކަންދޭނެ ގައުމެއް - ޖައަޝަންކަރު

ރާއްޖެއަކީ އިންޑިއާއިން އަބަދުވެސް އިސްކަންދޭނެ ގައުމެއް - ޖައަޝަންކަރު

އަހުމަދު ޝުރާއު

logo

8/9/2024, 5:51:21 PM

# ރާއްޖެ-އިންޑިއާ

--

އިންޑިއާއަކީ އަވަށްޓެރި ގައުމުތަކަށް އަބަދުވެސް އިސްކަންދޭ ގައުމެއް ކަމަށާއި އެގޮތުން ރާއްޖެއަށް އަބަދުވެސް އިންޑިއާއިން އިސްކަންދެއްވާެނެ ކަމުގެ ޔަގީންކަން އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ އެސް ޖައަޝަންކަރު ދެއްވައިފި އެވެ.

ގޮސިޔާ

ޖައަޝަންކަރު މިފަދައިން ވިދާޅުވީ މިއަދު ރާއްޖެއަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ތެރެއިން މިރޭ ރާއްޖޭގެ ފޮރިން މިނިސްޓަރާއި އެކު ބޭއްވި ޖޮއިންޓް ބަސްދީގަތުމުގައި ދެއްކެވި ވާހަކަފުޅުގައި އެވެ. އެގޮތުން ޖައަޝަންކަރު ވިދާޅުވީ ދިވެހިރާއްޖެއަކީ އިންޑިއާއިން "ނެއިބަރހުޑް ފަސްޓް" ސިޔާސަތުގެ އެއް އަސާސް ކަމަށާއި އެގައުމުގެ ވިޝަން ކަމަށްވާ ސާގަރުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ގައުމުކަމަށެވެ. އަދި ތާރީހީ ގޮތުން ވެސް ރާއްޖެއަކީ އިންޑިއާއާއި އެންމެ ގާތް ގައުމު ކަމަށް ޖައަޝަންކަރު ވިދާޅުވިއެވެ.

" ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބަސްފުޅުގައި ދަންނަވާނަމަ، އިންޑިޔާއަށް އަވަށްޓެރިކަމަކީ ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް، އަދި އަވަށްޓެރި ގައުމެއްގެ ގޮތުން ރާއްޖެއަކީ ވަރަށް ބޮޑު އިސްކަމެއްދޭ ޤައުމެއް " ޖައަޝަންކަރު ވިދާޅުވިއެވެ.

އިންޑިއާއިން ރާއްޖެއާ އެކު ބާއްވާ ގާތް ގުޅުން ބިނާވެފައި ވަނީ ދެގައުމުގެ ލާބައާއި މަސްލަހަތަށް ޓަކައި އެކުގައި މަސައްކަތް ކުރުމަށް އެދޭ މިންވަރުގެ މައްޗަށް ކަމަށާއި މިއީ މީގެ ކުރިން ވެސް ފެނުނު ފަދައިން ގޮންޖެހުންތަކަށް އަބަދުވެސް އަވަސް އަދި ހަރުދަނާ ގޮތެއްގައި އިޖާބަ ދިނުމުގެ މަގު ފަހިކޮށްދިން ގުޅުމެއް ކަމަށް ޖައަޝަންކަރު ވިދާޅުވިއެވެ

މީގެ އިތުރުން ދެގައުމުގެ ގާތް ގުޅުމަކީ ނަތީޖާ ނެރެ، ރައްޔިތުންގެ އެދުމާއި، އުންމީދުތަކާއި، އިސްކަންދޭ ގޮތުގެ މަތިން، ހަރުދަނާ މަންފާތަކެއް ހޯދައިދިނުމަށް މަގުފަހިކޮށްދިން ގުޅުމެއް ކަންވެސް ޖައިޝަންކަރު ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ