logoEN
cocacola
އިންޑިއާގެ އެގްޒިމް ބޭންކުގެ އެލްއޯސީގެ ދަށުން ކުރިޔަށް ގެންދިޔަ ބައެއް މަޝްރޫތަކުގެ ނިމުން ފާހަގަކޮށްފި

އިންޑިއާގެ އެގްޒިމް ބޭންކުގެ އެލްއޯސީގެ ދަށުން ކުރިޔަށް ގެންދިޔަ ބައެއް މަޝްރޫތަކުގެ ނިމުން ފާހަގަކޮށްފި

އަހުމަދު ޝުރާއު

logo

8/9/2024, 5:16:42 PM

# ރާއްޖެ-އިންޑިއާ

--

އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ރާއްޖޭގައި ކުރިޔަށް ގެންދިޔަ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްފި އެވެ.

ގޮސިޔާ

އިންޑިއާގެ އެހީގައި ކުރިޔަށް ގެންދިޔަ މަޝްރޫއުތަކެއްގެ ނިމުން ފާޙަގަކޮށްފައިވަނީ އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ޑރ އެސް ޖައިކަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުން އަންނަ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިރޭ ފޮރިން މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެވެ.

އެގޮތުން އިންޑިއާ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ކުރިޔަށް ގެންގޮސްފައިވާ 6 މަޝްރޫއެއްގެ ނިމުން ވަނީ ފާހަގަކޮށްފައެވެ.

  1. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ގާއިމުކުރި މެންޓަލް ހެލްތު ޔުނިޓް
  2. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ގާއިމުކުރި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރ
  3. ތިނަދޫ ސިޓީ އަބޫބަކުރު ސްކޫލްގައި ގާއިމު ކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް
  4. ލ. އިހައްދޫ ސްކޫލްގައި ގާއިމު ކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް
  5. ހއ. އަތޮޅު ތައުލީމީ މަރުކަޒުގައި ގާއިމު ކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް
  6. ތ. ތިމަރަފުށި، ތ. ވޭމަންޑޫ އަދި ގއ. ކޮނޑޭގައި ކުރިއަށްގެންދިޔަ މަގުބައްތި ހަރުކުރުމުގެ މަޝްރޫއު

ފާއިތުވި 5 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އިންޑިއާގެ 260 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި 45 އަށްވުރެ ގިނަ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ހިންގަމުންދާއިރު އޭގެ ތެރެއިން ގާތްގަނޑަކަށް 20 ވަރަކަށް މަޝްރޫއު ނިންމާ އިފްތިތާހު ކޮށްފައިވެއެވެ.

ޖައިޝަންކަރުގެ މި ދަތުރުފުޅުގައި ރައީސް ޑރ މުޙަންމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ