logoEN
cocacola
މޫސުމާ ބެހޭ މަޢުލޫމާތާއި އަވަސް އިންޒާރުގެ ނިޒާމު ހަރުދަނާ ކުރުމަށް ވޯކްޝޮޕެއް ބާއްވައިފި

މޫސުމާ ބެހޭ މަޢުލޫމާތާއި އަވަސް އިންޒާރުގެ ނިޒާމު ހަރުދަނާ ކުރުމަށް ވޯކްޝޮޕެއް ބާއްވައިފި

އަހުމަދު ޝުރާއު

logo

8/8/2024, 9:30:14 AM

# މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ

--

މޫސުމާ ބެހޭ މަޢުލޫމާތާއި އަވަސް އިންޒާރުގެ ނިޒާމު ހަރުދަނާ ކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޓްރެކްޓް (TRACT) މަޝްރޫޢުއާ ގުޅޭގޮތުން ސްޓޭކް ހޯލްޑަރ ކޮންސަލްޓޭޝަން ވާރކްޝޮޕެއް ބާއްވައިފިއެވެ.

ގޮސިޔާ

މޫސުމާއި ބެހޭ ވުޒާރާއިން އިސްނަގައިގެން ބޭއްވި މި ވާރކްޝޮޕްގެ މަޤްޞަދަކީ މަޝްރޫޢުގެ ސްޓޭކްހޯލްޑަރުންގެ ޚިޔާލާއި މަޝްވަރާ ހޯދުމެވެ.

އަދި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ މޫސުމާ ބެހޭ މަޢުލޫމާތު އެއްކުރުމާއި، ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާވެ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވެދާނެ ނުރައްކާތަކަށް ތައްޔާރުވުމުގެ ޤާބިލުކަން އިތުރުވެގެންދާނެ ކަމަށް އެވުޒާރާއިން ބުނެއެވެ.

މި މަޝްރޫޢުގެ ޕްރޮޕޯސަލް ތައްޔާރުކުރަމުން ދަނީ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔޫއެންއީޕީ) އާއި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް މޯލްޑިވްސް) އާ ގުޅިގެންނެވެ. މި މަސައްކަތް ކުރިއަށްދަނީ ގްރީން ކްލައިމެޓް ފަންޑް (ޖީސީއެފް) ގެ ޕްރޮޖެކްޓް ޕްރިޕަރޭޝަން ފެސިލިޓީގެ ދަށުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ