logoEN
cocacola
މިނިސްޓަރު ޠާރިޤު, އައި.ޔޫ.ސީ.އެން ޑިރެކްޓަރ ޖެނެރަލްއާ ބައްދަލުކުރައްވައިފި

މިނިސްޓަރު ޠާރިޤު, އައި.ޔޫ.ސީ.އެން ޑިރެކްޓަރ ޖެނެރަލްއާ ބައްދަލުކުރައްވައިފި

އަހުމަދު ޝުރާއު

logo

9/3/2024, 4:14:59 PM

# މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ

--

އާރު.ސީ.އެފް 2024 އޭޝިއާ ކޮންފަރެންސްގެ ތެރެއިން، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް އެނާރޖީ، އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ކޮންޒަވޭޝަން އޮފް ނޭޗަރ (އައި.ޔޫ.ސީ.އެން) ގެ ޑިރެކްޓަރ ޖެނެރަލް ގްރެތެލް އަގުއިލާއާ ބައްދަލުކުރައްވައިފިއެވެ.

ގޮސިޔާ

މި ބައްދަލުވުމުގައި ދެބޭފުޅުން ވަނީ ދިވެހިރާއްޖެއާއި އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ކޮންޒަވޭޝަން އޮފް ނޭޗަރ (އައި.ޔޫ.ސީ.އެން) އާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކުރައްވާފައި ވެއެވެ.

މި ބައްދަލުވުމުގައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މީގެ ތެރޭގައި ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ 2.3 މިލިއަން ޑޮލަރުގެ ފަންޑިންގއާއެކު ހިންގާ މަޝްރޫޢުތައް ހިމެނެއެވެ.

މީގެ އިތުރުން، ޔޫރަޕިއަން ޔޫނިއަންގެ ފަންޑިންގ އާއެކު 2025 ވަނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ 6.5 މިލިއަން ޔޫރޯގެ އައު މަޝްރޫޢުއެއްގެ މަޢުލޫމާތުވެސް ހިއްސާކުރެވުނެވެ. މި މަޝްރޫޢުގެ އަމާޒަކީ ތިމާވެށި ރައްކާތެރިކުރުމާއި، އެއްފަހަރު ބޭނުންކޮށްލާ ޕްލާސްޓިކް ނައްތާލުމެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ، މި މަޝްރޫޢުތަކަކީ ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށެވެ. އަދި އައި.ޔޫ.ސީ.އެން އާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ކުރިއަށް އޮތް ތަނުގައި ދިވެހިރާއްޖެއާއި އައި.ޔޫ.ސީ.އެން އާ ދެމެދު އިތުރު މަޝްރޫޢުތައް ހިންގުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ