
ތުރުކީގެ އޮސްޓިމް ޓެކްނިކަލް ޔުނިވަރސިޓީއާއި އެކު އެއްބާރުލުމުގެ ޕްރޮޓޮކޯލެއްގައި ސޮއިކޮށްފި
# ތުރުކީ--
މަތީ ތަޢިލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީ ކުރުމާއިބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ތުރުކީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެޤައުމުގެ އޮސްޓިމް ޓެކްނިކަލް ޔުނިވަރސިޓީއަށް ޒިޔާރަތްކުރައްވައިފިއެވެ.

މި ޒިޔާރަތުގައި އެ ޔުނިވަރސިޓީގެ ރެކްޓަރ ޕްރޮފެސަރ ޑރ. މުރާދު ޔޫލެކް އަދި ދެ ފަރާތުގެ ވަފުދުތަކުގެ ބައިވެރިވުމާއެކު ދެފަރާތުގެ މެދުގައި އެއްބާރުލުމުގެ ޕްރޮޓޮކޯލެއްގައި ވަނީ ސޮއިކުރައްވާފައެވެ.
މި ޒިޔާރަތުގައި ވަޒީރުވަނީ އެ ޔުނިވަރސިޓީން ކުރިއަށްގެންދާ މަޝްރޫޢުތަކާ ބެހޭ މަޢުލޫމާތު އޮލުންފިލުއްވަވާފައެވެ. އަދި ޔުނިވާރސިޓީގެ ލެބޯޓަރީތަކުގައި ކުރެވެމުންދާ މަސައްކަތްތައްވެސް ވަނީ ބައްލަވާލައްވަވާފައެވެ.
ވަޒީރުގެ މި ދަތުރުފުޅުގައި ވަނީ ތުރުކީގެ ޓޫރިޒަމް އަދި ކަލްޗަރ މިނިސްޓަރާއި ބައްދަލުކުރައްވާ، ދިވެހި ދަރިވަރުނނަށް އެޤައުމުން ލިބެންހުރި ސްކޮލަރޝިޕްގެ ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި މަހުގެ 6 ން 8 ށް މަތީ ތަޢިލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީ ކުރުމާއިބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ، ތުރުކީވިލާތަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ އެ ޤައުމުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ވަޒީރުގެ އަރިހުގައި މި ވުޒާރާގެ ނާއިބު ވަޒީރު އައިމިނަތު ޝަޝީ އާއި ވުޒާރާގެ ޕާމަނަންޓް ސެކެޓްރީ އައިމިނަތު ޙިކްމާވެސް ބައިވެރިވެވަޑައިނަވައެވެ.
ގުޅުންހުރި

ތުރުކީގެ އިންޓެލިޖެންސްގެ ވެރިޔާ ހަމާސްގެ އިސްވެރިންތަކަކާއި ބައްދަލުކޮށްފި

ތުރުކީގެ ކާރުޚާނާއެއްގައި އެއްޗެއް ގޮވައިގެން ހިނގި ނުރައްކާތެރި ހާދިސާއާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ތުރުކީގެ ވެރިރަށުގައި ދިން ނިރުބަވެރި ހަމަލާގައި މަރުވި މީހުންގެ އަދަދު 5 އަށް!
