logoEN
ކޮކާކޯލާ
ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވޭ!

ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވޭ!

އަހުމަދު ޝުރާއު

logo

11/17/2020, 2:00:36 PM

# މޫސުން

big_x5U2bFXrdmmt98Y

މިދުވަސްވަރަކީ ރާއްޖޭގެ މޫސުން ގޯޯސް ދުވަސްވަރަކަށް ވުމާއި އެކު ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދިނުމަށް ކޯސްޓްގާޑުން އިލްތިމާސްކޮށްފި އެވެ.

އަބުޅޯ

އެމްއެންޑީއެފުން މިއަދު ކުރި ޓުވީޓެެއްގައި ބުނެފައިވާ ގޮތުގައި މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވާތީ ކަނޑުދަތުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ، ރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށާއި، ކަނޑުގެ ރާޅުގެ އުސްމިން 4 ފޫޓާއި 6 ފޫޓަށް އުފުލޭނެކަމަށެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށާއި، ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި މެދުރާއްޖެ ތެރެއާއި އުތުރުގެ އަތޮޅުތަކަށް މިއަދު ވަނީ ރީދޫ ސަމާލް ނެރެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ