
މިނިސްޓަރ ޑރ. މާރިޔާ ތުރުކީގެ ޓޫރިޒަމް އަދި ކަލްޗަރ މިނިސްޓަރާއި ބައްދަލުކުރައްވައިފި
# ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ--
މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. މަރިޔަމް މާރިޔާ ތުރުކީގެ ޓޫރިޒަމް އަދި ކަލްޗަރ މިނިސްޓަރ މެހްމެޓް ނޫރީ އެރްސޯއީ އާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުވުމަކީ އެގައުމުގެ އޮސްޓިމް ޓެކްނިކަލް ޔުނިވަރސިޓީގެ ދަޢުވަތަކަށް ބޭއްވި މި ބައްދަލުވުމުގައި ދިވެހިންނަށް އެޤައުމުން ލިބެންހުރި ކިޔެވުމުގެ ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން ޚާއްސަކޮށް ސްކޮލަރޝިޕް ފުރުސަތުތަކާއި ގުޅޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ތުރުކީއަށް ކުރައްވާ ދަތުރުފުޅަކީ އެގައުމުގެ ދައުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެކަމަނާގެ އަރިހުގައި މިނިސްޓްރީގެ ޑެޕިއުޓި މިނިސްޓަރ އައިމިނަތު ޝަޝީ އަދި މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އައިމިނަތު ޙިކްމާވެސް ބައިވެރިވެވަޑައިނަވައެވެ.
މިތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު، ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި އަންނަނީ އެކި ގައުމުތަކުގެ ޔުނިވާސިޓީތަކާއި، ކޮލެޖްތަކާއި ބައްދަލުކުރައްވާ، އެގައުމުތަކުން ދިވެހި ދަރިވަރުންނަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާ، އެކި ދާއިރާތަކުން ހުނަރުވެރިން އުފެއްދުމަށް ހުރި ފުރުސަތުތައް ހޯދަވަމުންނެވެ.
ގުޅުންހުރި

މަތީ ތަޢުލީމު ކުރިއެރުވުމަށް އައްޑޫ ސިޓީ ކައުންސިލާއިއެކު މަޝްވަރާކޮށްފި

މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮއްދިނުމަށް ހަޔާ އެޑިއުކޭޝަންގެ ޓީމެއް މެލޭޝިއާގައި!

ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ރަޖިސްޓްރީކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި
