%20(1).webp&w=3840&q=75)
ކިންގްސްޓޮންއިން ސައިކަލު ވިއްކުމުގެ ނަމުގައި މަކަރާއި ހީލަތުން ފައިސާ ނެގިކަމުގެ މައްސަލަތަކެއް ފުލުހުން ބަލަނީ
# ދިވެހި ފުލުހުންގެ ޙިދުމަތް--
މާލޭގައި ފުޅާދާެއިރާއެއްގައި ސައިކަލުގެ ވިޔަފާރި ކުރަމުން އައި ކިންގްސްޓަން ކުންފުނީގެ މަކަރާއި ހީލަތުގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ ކިންގްސްޓޮން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އާންމުންނަށް ސައިކަލު ވިއްކާ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ހުށަހެޅިފައިވާތީ، އެ މައްސަލަތައް މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.
އެހެންކަމުން، ކިންގްސްޓޮން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސައިކަލު ގަތުމުގައި މަކަރާއި ހީލަތުގެ އަމަލެއްގެ ޝިކާރައަކަށް ވެފައިވާ އިތުރު އެއްވެސް ފަރާތެއް ވާނަމަ، ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9790048 އަށް ގުޅުއްވައި އެ މަޢުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައި އެވެ.
ފުލުހުން ވަނީ މިފަދަ މައްސަލަތަކުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު ދަންނަވާފައި އެވެ.
ކިންގްސްޓަން އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ޖީއެން ސައިކަލު ވިއްކަމުން ދިޔަ ކުންފުންޏެވެ. މި ކުންފުންޏަކީ އާންމުންގެ އިތުބާރު ހޯދާފައިވާ ކުންފުންޏެއް ނަމަވެސް އެކުންފުންޏާއި ގުޅޭގޮތުން މަކަރާއި ހީލަތުގެ ތުހުމަތުތަކެއް މީސް މިޑިއާގައި ދާދި ފަހުން ވަނީ ފެންމަތިވެފައި އެވެ.
ގުޅުންހުރި

ފުލުހުންގެ 39 ވަނަ އަސާސީ ތަމްރީނު ކޯހުން 196 ފުލުހުން ދަސްވެނިވެއްޖެ
%20(1).webp&w=3840&q=75)
ފާއިތުވި ދެ ހަފްތާގެ ތެރޭގައި ސްކޭމްކޮށްގެން 9 ލައްކައެއްހާ ރުފިޔާ ފޭރިގެންފި: ފުލުހުންނަށް އަދި މިހާތަނަށް ރިކަވާ ކުރެވުނީ 147,132.00 ރުފިޔާ!

6 ގްރާމުގެ މަސްތުވާތަކެއްޗާއިއެކު ވިލިނގިލިން ޒުވާނަކު ހައްޔަރުކޮށްފި
.png&w=3840&q=75)