
އެމްޑީޕީގެ މުޒާހަރާ
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާ ފުލުހުން ހުއްޓުވައިފިއެވެ.

މިއީ ތަކެތީގެ އަގުތައް އިންތިހާއަށް އުފުލެމުންދާތީ، އެކަމާ ދެކޮޅަށް އަޑުއުފުލުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުރިއަށްގެންދިއުމަށް ނިންމި މުޒާހަރާއެކެވެ.
މި ހަރަކާތް ފުލުހުން ހުއްޓުވާފައިވަނީ މުޒާހަރާ ފެށުމަށް ހަމަޖެހިފައި އޮތް މަޖީދީމަގު ސޯޝަލް ސެންޓަރު ހިމެނޭ ސަރަހައްދުންނެވެ. މި މުޒާހަރާގައި އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދާއި، ޕާޓީގެ ލީޑަރޝިޕްގެ އިސް ބޭފުޅުންނާއި، ގިނަ އަދަދެއްގެ އާންމު މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މަޖީދީމަގުގައި މި ހަރަކާތް ކުރިއަށްގެންދަން އެމްޑީޕީން ނިންމީ، އެއީ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅޭ އަދި ދަތުރުފަތުރުކުރާ ސަރަހައްދަކަށް ވުމުން، ރައްޔިތުންގެ ކަންބޮޑުވުންތަކުގެ އަޑު ފުޅާދާއިރާއެއްގައި ފޯރުކޮށްދިނުމުގެ މަގުސަދުގައެވެ. އަދި މަޖީދީމަގު ނޫން އެހެން ސަރަހައްދެއްގައި މުޒާހަރާ ކުރިއަށްގެންދިއުމުގެ ވިސްނުމެއް ނެތްކަންވެސް އެ ޕާޓީން މީގެކުރިން ވސް ހާމަކޮށްފައި ވެއެވެ.
މަޖީދީމަގަކީ އާންމުކޮށް ބާރުބޮޑު މަގަކަށް ވާތީ، އެމްޑީޕީން އެދުނު ގަޑީގައި އެ ސަރަހައްދުގައި މުޒާހަރާ ކުރުމުގެ ހުއްދަ ނުދެވޭނެ ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން މީގެކުރިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް، މަޖީދީމަގުގައި ހަރަކާތް ކުރިއަށްގެންދިއުމުގެ ފުރުސަތު ދޭނެ ކަމުގެ ޔަގީންކަން ފުލުހުން ކުރިން ދީފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.
"ދަތިވެއްޖެ" މި ޝިއާރުގެ ދަށުން އެމްޑީޕީން މިފަދަ ހަރަކާތެއް އިންތިޒާމުކުރީ، ތަކެތީގެ އަގުތައް އަތްނުފޯރާ މިންވަރަށް އުފުލެމުންދާތީއެވެ. ސަރުކާރުގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައިވެސް، ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި އަސާސީ ކާބޯތަކެތީގެ އަގު ވަނީ އަށް އިންސައްތައަށްވުރެ ބޮޑަށް އުފުލިފައެވެ.
ގުޅުންހުރި

އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާ ފުލުހުން ހުއްޓުވައިފި

އެމްޑީޕީން ބާއްވާ "ދަތިވެއްޖެ" މުޒާހަރާ މިރޭ!

ރާއްޖެ މިދަނީ ހައިޕަރ އިންފްލޭޝަންއާ ދިމާލަށް؛ އެފަދަ ހާލަތެއްގައި އިޤްތިޞާދު ހިފަހައްޓަން އުނދަގޫވާނެ: ރައިސް ނަޝީދު




