
ރާއްޖެ މިދަނީ ހައިޕަރ އިންފްލޭޝަންއާ ދިމާލަށް؛ އެފަދަ ހާލަތެއްގައި އިޤްތިޞާދު ހިފަހައްޓަން އުނދަގޫވާނެ: ރައިސް ނަޝީދު
# ދިވެހި ފުލުހުންގެ ޙިދުމަތް# އެމްޑީޕީއެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައިސް މުޙައްމަދު ނަޝީދު ---
ރާއްޖެ މިދަނީ ހައިޕަރ އިންފްލޭޝަންއާ ދިމާލަށް ކަމަށާއި އެފަދަ ހާލަތެއްގައި އިޤްތިޞާދު ހިފަހައްޓަން އުނދަގޫވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައިސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާއާ ގުޅޭ ގޮތުން އެމްޑީޕީގެ ޗެއާޕާސަން ރައީސް މުޙައްމަދު ނަޝީދު ދެއްވި ޕްރެސް ކޮންފަރެންސްގައި އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި ޑޮލަރު ވަރަށް މަދުވެއްޖެ ކަމަށާއި އެކަމާ ގުޅޭގޮތުން ޝައްކެއްވެސްނެތް ކަމަށެވެ.
ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވީ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ގޮސް 22 ރުފިޔާއަށް އަރާހަމަވުމެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، މިގޮތަށް ޑޮލަރުގެ އަގު އުފުލިގެންދާ ކަމަށް ވަނީނަމަ ތަކެތީގެ އަގުވެސް ހަމަ އުފުލިގެންދާނެއެވެ.
"އެމްޑީޕީއިން މިދަނީ ތަކެތީގެ އަގު ކޮންމެ ހަފްތާއަކުވެސް ބަލަމުން. ތަކެތީގެ އަގުތައް އުފުލިގެންދާ މިންވަރު އަޅުގަނޑުމެން މިދަނީ ދެނެގަންނަމުން. 5 އޮގަސްޓާއި 11 އޮގަސްޓާއި ދެމެދުގައި އަނެއްކާވެސް އެބަހުރި ކިތަންމެ މުދަލެއްގެ އަގު އުފުލިފަ" އެމްޑީޕީގެ ޗެއާޕާސަން ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި މިއިން ޒަމާނަކު ތަކެތީ އަގު މައްޗަށް ނުދާހާ މިންވަރަށް ތަކެތީގެ އަގުބޮޑުވެ، ރުފިޔާގެ އަގު ދަށްވެ، އޭގެ ނަތީޖާއެއްގެ ގޮތުން ޑޮރަލު ލިބޭ އަގު އިންތިހާއަށް ބޮޑުވެފައިވާތީއާއި، އެކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާތީ އެކަން ސަމާލުކަމަށް ގެނައުމަށް ކަމަށް ބުނެ، މި މަހުގެ 13 ދުވަހު 'ދަތިވެއްޖެ' ނަމުގައި މުޒާހަރާއެއް ބޭއްވުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ނިންމާފައެވެ.
މި މުޒާހަރާ އިއުލާނުކުރުމާ ގުޅިގެން ފުލުހުންގެ އިދާރާއިން އެ ޕާޓީގެ އިންތިޒާމު ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވާފައިވެއެވެ. މި ބައްދަލުވުމުގައި އެ ޕާޓީގެ ފަރާތުން ފުލުހުންގެ ގްރައުންޑް ކޮމާންޑަރުން އަރިހުގައި އެދިފައިވަނީ މަޖީދީ މަގުގައި މި މުޒާހަރާ ކުރިއަށް ގެންދިއުމުގެ ހުއްދަ ދެއްވުމަށެވެ.
މާލޭގެ މައި މަގުތަކުގައި މިވަގުތު މަރާމާތުގެ މަސައްކަތްތައް ކުރިއަށްދާތީ މަޖީދީ މަގު ފިޔަވައި މުޒާހަރާކުރުމަށް އެކަށީގެންވާ މަގެއް ނުވެސް ނެތްކަމަށާއި އެހެންވީމާ އެފަދަ މުޒާހަރާއެއް ކުރިއަށް ގެންދެވޭނީ ވެސް މަޖީދީ މަގުގައި ކަމަށް ފުލުހުން އެ ބައްދަލުވުމުގައި ވިދާޅުވިއެވެ.
ފުލުހުން މިހެން ވިދާޅުވިނަމަވެސް، މި ފާއިތުވެދިޔަ ތަނުގައި ކަންހިނގާފައި އޮތްގޮތަށް ބަލައި، މި މުޒާހަރާ މަޖީދީމަގުގައި ކުރިއަށް ގެންދިއުމަށް ފަހުވަގުތު ފުރުސަތު ނުދީފާނޭ ކަމުގެ ކަންބޮޑުވުން އެ ޕާޓީގެ އިންތިޒާމު ކޮމިޓީގެ މެންބަރުން އެވަގުތު ފާޅުކުރިއެވެ. އެހެންނަމަވެސް ފުލުހުންގެ ގްރައުންޑް ކޮމާންޑަރުން ވިދާޅުވީ 'މިފަހަރު އެހެން ނުވާނެ' ކަމަށެވެ.
ފުލުހުންނާއެކު ބޭއްވި ބައްދަލުވުމުގައި މި ކަށަވަރުކަން ލިބިފައިވަނިކޮށް، ހޯމް މިނިސްޓަރު އަލީ އިހުސާނު ވަނީ މަޖީދީ މަގުގައި މުޒާހަރާކުރުމުގެ ހުއްދަ އެ ޕާޓީއަށް ނުދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައެވެ. މިއީ ފުލުހުންގެ ފަރާތުން ދީފައި އޮތް ކަށަވަރުކަމާ ހިލާފަށް، ފުލުހުންގެ ބަހުގެ އިތުބާރު ގެއްލޭ ގޮތަށް މިނިސްޓަރު ދައްކަވާފައިވާ ވާހަކަފުޅެއް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
ގުޅުންހުރި

ރާއްޖެ މިދަނީ ހައިޕަރ އިންފްލޭޝަންއާ ދިމާލަށް؛ އެފަދަ ހާލަތެއްގައި އިޤްތިޞާދު ހިފަހައްޓަން އުނދަގޫވާނެ: ރައިސް ނަޝީދު

ފުލުހުންގެ ޤާބިލުކަން އިތުރުކުރުމާއި ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުމާ ގުޅޭގޮތުން ޔޫ.އޭ.އީގެ ވަފުދާއެކު މަޝްވަރާކޮށްފި

މަސްތުވާތަކެއްޗާއެކު ހުޅުދޫއިން މީހަކު ހައްޔަރުކޮށްފި





