
-
މަސްތުވާތަކެއްޗާއެކު ސ. ހުޅުދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ސ. މީދޫ / މިރާޒް، އީޖާޒް ނަޢީމް (43އ) އެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ. މި މަހު 10 ވަނަ ދުވަހު ހުޅުމީދޫ ފުލުހުން ހިންގި އޮޕަރޭޝަންގައި އޭނާ ހައްޔަރުކޮށް، އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ގުޅުންހުރި

ފުލުހުންގެ ޤާބިލުކަން އިތުރުކުރުމާއި ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުމާ ގުޅޭގޮތުން ޔޫ.އޭ.އީގެ ވަފުދާއެކު މަޝްވަރާކޮށްފި

މަސްތުވާތަކެއްޗާއެކު ހުޅުދޫއިން މީހަކު ހައްޔަރުކޮށްފި

މާފަރު ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައިހުރި ބަނގުރާ ނައްތައިލައިފި




