
ސަރުކާރުގެ ތަރައްޤީގެ ތަސައްވުރަކީ އިޤްތިޞާދީ އަދި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުވާ އިޤްތިޞާދެއް އުފެއްދުން - ސައީދު
# އެކޮނޮމިކް މިނިސްޓްރީ# މުހައްމަދު ސައީދު--
ސަރުކާރުގެ ތަރައްޤީގެ ތަސައްވުރަކީ އިޤްތިޞާދީ އަދި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުވާ އިޤްތިޞާދެއް އުފެއްދުން ކަމަށް އެކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު މިފަދައިން ވިދާޅުވީ ޢިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިޔާބެހޭ ވުޒާރާއިން ސިޗުއަން ޕްރޮވިންޝަލް ޕީޕަލްސް ކޮންގްރެސް އާއި ޗައިނާ ކައުންސިލް ފޯ ދަ ޕްރޮމޯޝަން އޮފް އިންޓަނޭޝަނަލް ޓްރޭޑް ސިޗުއާން ކައުންސިލް (ސީސީޕީއައިޓީ ސިޗުއާން ކައުންސިލް) އާ ގުޅިގެން އިންތިޒާމުކުރި "މޯލްޑިވްސް-ސިޗުއާން (ޗައިނާ) ޓްރޭޑް އެންޑް އިންވެސްޓްމަންޓް ކޯޕަރޭޝަން ކޮންފަރެންސް" ގައި އިއްޔެ ދެއްކެވި ވާޙަކަފުޅުގައި އެވެ.
އެގޮތުން މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ވަރުގަދަ ގުޅުމާއި އެކުވެރިކަން ފާހަގަކުރެއްވިއެވެ. އަދި ދެ ޤައުމުން އެކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ދާއިރާތަކަށް އަލިއަޅުއްވާލެއްވިއެވެ.
މިގޮތުން، މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ތަރައްޤީގެ ތސައްވުރަކީ އިޤްތިޞާދީ އަދި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ ތަފާތު ދާއިރާތަކުގެ މައްޗަށް ބިނާވެފައިވާ އިޤްތިޞާދެއް އުފެއްދުންކަމަށެވެ. އަދި މި ވިޝަން ހާސިލުކުރުމަށްޓަކައި ސަރުކާރުން އަސާސީ ސްޓްރެޓެޖިކް އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ. މީގެ ތެރޭގައި އެއަރޕޯޓް އިކޮނޮމިކް ޒޯން ތަރައްޤީކުރުމާއި މައި ބަނދަރު އަލުން ތަރައްޤީކުރުމާއި އަދި ކާބޯތަކެތީގެ ރައްކާތެރިކަމަށް އަމާޒުކޮށްގެން ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަޙައްދު ތަރައްޤީކުރުން ހިމެނޭކަމަށެވެ.
މީގެ އިތުރުން، ސަރަޙައްދުގައި ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ ބަންކަރިންގ ހަބަކަށް ހެދުމަށާއި، ޒަމާނީ މާލީ އުފެއްދުންތައް ކުރިއެރުވޭނެ ބައިނަލްއަޤްވާމީ މާލީ ޚިދުމަތްތަކުގެ މަރުކަޒަކަށް ދިވެހިރާއްޖެ ހެދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ.
މިނިސްޓަރު ސަޢީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ޖަނަވަރީ މަހު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ސޮއިކުރެވުނު 20 އެމްއޯޔޫގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރުމަށްޓަކައި ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) އެކްޓިވޭޓްކުރުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި ލޯކަލް ކަރަންސީ ސެޓްލްމަންޓްގެ ނިޒާމެއް ޤާއިމުކުރުމަށް ޕީޕަލްސް ބޭންކް އޮފް ޗައިނާއާއި ރާއްޖެއާ ދެމެދު ފެށިފައިވާ މަޝްވަރާތަކަށްވެސް ވަޒީރު ސަޢީދު އަލިއަޅުއްވާލެއްވިއެވެ. މި މަޝްވަރާތަކަކީ ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތައް އިތުރަށް ފުޅާކުރުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއްކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ގުޅުންހުރި

ރާއްޖޭގެ ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓް ހިންގަން ރަސްމީކޮށް ހުއްދަދީފި
.webp&w=3840&q=75)
ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގަމުންދިޔަ 11 ވިޔަފާރިއެއް ހުއްޓުވައިފި
މި ސަރުކާރުން ދިވެހީންގެ ވިޔަފާރިތައް ބާރުވެރި ކުރުވައި، ދިވެހީންގެ ތިޔާގިކަމަށް އިސްކަން ދޭނަން!
.jpeg&w=3840&q=75)




