logoEN
cocacola
އަބްދުއްރަހީމް ޔާމީނަށް: ހަމަޖެހިލައިގެން ދެން ގޭގަ މަޑުކޮށްލާ!

އަބްދުއްރަހީމް ޔާމީނަށް: ހަމަޖެހިލައިގެން ދެން ގޭގަ މަޑުކޮށްލާ!

އަހުމަދު ޝުރާއު

logo

8/6/2024, 5:32:41 PM

# އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

--

ކުރީގެ ރައީސް އަބްދުالله ޔާމީނު ސިޔާސީ މަސައްކަތާއި ދުރަށް ވަޑައިގެން ގޭގައި މަޑުކޮށްލެއްވުމަށް މަޖިލީހުގެ ރައީސް އަބްދުالله އަބްދުއްރަހީމް އިލްތިމާސްކުރައްވައިފި އެވެ.

ގޮސިޔާ

އަބްދުއްރަހީމް މިފަދައިން ވިދާޅުވީ މިރޭ ޕީއެންސީއިން ކުރިޔަށް ގެންދިޔަ ހަރުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޚުގައި އެވެ.

އަބްދުްއްރަހީމް ވަނީ ރައީސް ޔާމީން ބާއްވަމުން ގެންދަވާ ޖަލްސާތަކުގައި އެމަނިކުފާނާއި ޕީއެންސީގެ ލީޑަރޝިޕާއި މެދު ދައްކަވަމުން އަންނަ ވާހަކަފުޅުތަކަށް ރައްދުދެއްވަާފައި އެވެ. އެގޮތުން އަބްަދުއްރަހީމް ވިދާޅުވީ އެމަނިކުފާނާއި ޕީއެންސީގެ މިހާރުގެ ލީޑަރޝިޕް ތިބީ ރައީސް ޔާމީނުގެ ފަހަތްޕުޅުގައި ކަމަށާއި ނަމަވެސް ރައީސް މުއިއްޒުއަށް ވެރިކަން ލިބިވަޑައިގަތުމުން އެކަން ލަގޮޑިއަށް ހަޖަމް ނުވުމުން ދުރަށް ވަޑައިގެންނެވީ ރައީސް ޔާމީން އަމިއްލަ ފުޅަށް ކަމަށެވެ.

އެގޮތުން ވަރަށް ޒަމާނުއްސުރެ އެކުގައި އުޅުެއްވި ރަހުމަތްތެރިއެއްގެ ހައިސިއްޔަތުން ރައީސް ޔާމީނަށް ދެއްވާނޭ ނަސޭހަތަކީ ކައިރީގައި މިހާރު ތިއްބެވި ބޭފުޅުންނާއި ދުރަށް ވަޑައިގެން " ހަމަޖެހިލައިގެން ގޭގައި މަޑުކޮށްލެއްވުން " ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އެގޮތުން ދަތިކަމެއް ނެތި އުމުރު ދުވަހު އުޅޭވަރަށް އެކައުންޓުތަކުގައި ފައިސާ ހުންނެވި ކަމަށް ޔާމީން އަމިއްލަ ފުޅަށް ވިދާޅުވަމުން ގެންދަވާ ކަމަށާއި އެންމެ ރަނގަޅު ގޮތަކީ ގޭގައި މަޑުކޮށްލެއްވުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ރައީސް ޔާމީންގެ ކައިރީގައި މިހާރު ތިއްބެވި ބޭފުޅުންގެ ގޮތުގައި އިޝާރާތްކުރެއްވީ ޕީއެންއެފްގެ ލީޑަރޝިޕަށެވެ. އެގޮތުން އެބޭފުޅުންނަނީ ދުވަހަކުވެސް ރައީސް ޔާމީނަށް ހެޔޮ އެދިވަޑައިގަންނަވާނެ ބޭފުޅުންތަކެއް ނޫންކަމަށާއި މާޒީ އެކަމަށް ހެކިވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ