
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް ޖެނީވާއަށް ފުރާވަޑައިގެންފި
# ރައްޔިތުންގެ މަޖިލިސް# އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)--
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ރަސްމީ ދަތުރުފުޅެއްގައި ސްވިޒަލޭންޑުގެ ޖެނީވާއަށް ފުރާވަޑައިގެންފި އެވެ.

އަބްދުއްރަހީމް ޖެނީވާއަށް ފުރާވަޑައިގެންނެވީ މިރޭގެ ވަގުތެއްގައި އެވެ.
އެގޮތުން އެމަނިކުފާނުގެ މި ދަތުރުފުޅަކީ ޖެނީވާގައި އޮންނަ އިންޓަރ ޕާލިމެންޓްރީ ޔޫނިއަންގެ (އައިޕީޔޫ)ގެ 149 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އަބްދުއްރަހީމްގެ އަރިހުގައި މަޖިލީހުގެ ބައެއް މެމްބަރުންވެސް ވެސް ވަނީ މިރޭ ޖެނީވާއަށް ފުރާވަޑައިގެންފައެވެ.
ދުނިޔޭގެ ގާނޫނު ހަދާ މަޖިލިސްތައް ހިމެނޭ އައިޕީޔޫގައި 150 ވުރެ ގިނަ ގައުމުގެ މަޖިލިސްތައް ތަމްސީލުކުރެއެވެ. އައިޕީޔޫގެ 149 ވަނަ އެސެމްބްލީ ކުރިޔަށްދާނި މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށެވެ.
މިއަހަރުގެ އެސެމްބްލީގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވެސް of ތަގުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައި އެވެ.
ގުޅުންހުރި

މީޑިއާ "ކޮންޓްރޯލް" ކުރާ ބިލާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮމެޓީން ނޫސްވެރިންނަށް ދައުވަތުދީފި
.jpg&w=3840&q=75)
އެސްއޯއީ ކޮމިޓީންވެސް ޝުޖާއު ވަކިކޮށްފި

ކުޑަކުދިންގެ ޙައްގުތަކަށް އަރައިގަންނަ ފަރާތްތަކާއިމެދު ފިޔަވަޅު އެޅޭނެ ނިޒާމެއް އޮންނަން ޖެހޭ
