logoEN
cocacola
ރައީސް ޔާމީނަކީ ހިޔާނާތްތެރިއެއް - އަބްދުއްރަހީމް

ރައީސް ޔާމީނަކީ ހިޔާނާތްތެރިއެއް - އަބްދުއްރަހީމް

އަހުމަދު ޝުރާއު

logo

8/6/2024, 5:10:13 PM

# އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

--

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްއަކީ ހިޔާނާތްތެރިއެއްކަމަށް އެމަނިކުފާނާއި އެކު އެންމެ ގިނަ ދުވަހު ސިޔާސީ މަސައްކަތް ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުالله އަބްދުއްރަހީމް ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

އަބްދުއްރަހީމް މިފަދައިން ވިދާޅުވީ މިރޭ ޕީއެންސީއިން ކުރިޔަށް ގެންދިޔަ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން އަބްދުއްރަހީމް ވިދާޅުވީ އެމަނިކުފާނުގެ ސިޔާސީ ހަޔާތުގައި އެއްކޮަށްހެން ހިދުމަތް ކުރެއްވީ ޔާމީނަށް ކަމަށާއި ނަމަވެސް 18 ވަނަ މަޖިލީހުގައި ޔަމީން އެމަނިކުފާނަށް ދެއްވީ ލަގާ ކަމަށެވެ. އެގޮތުން މަޖިލީހުގެ ނައިބު ރައީސްކަމަށް އެމަނިކުފާނުގެ ނަން ހުށަހެޅުއްވީ ޔާމީން ކަމަށާއި އެހެން ނަމަވެސް ޔާމީން އިސްވެ ހުންނަވައި އެކަމިފާނުގެ ފެއިލްކޮށްލެއްވީ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެހެން ކަމުން ހިޔާނާތްތެރިންނަކީ އެއީ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވަނީ ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު އެކައުންޓުގައި އެއް ލައްކައެއްހާ ރުފިޔާ ހުރި ޔާމީންގެ އެކައުންޓުގައި ވެރިކަން ނިމުނު އިރު ހުރި 400 - 500 އެއްހާ މިލިއަން ރުފިޔާއަކީ ކިހިނެތް ލިބުނު ފައިސާއެއްތޯ ސުވާލު އުފައްދަވާފައި އެވެ. އަދި އެއީ ސިޔާސީ މަސައްކަތްތަކަށް ލިބުނު ފައިސާކަމަށް ރައީސް ޔާމީން ވިދާޅުވަމުންދާއިރު އޭރު ސިޔާސީ މަސައްކަތް ކުރަމުންދިޔައީ ޕީޕީއެމްއިން ކަމަށްވާއިރު އެފައިސާ ޕީޕީއެމްގެ އެކައުންޓުތަކަށް ނުވަދެ ޔާމީން އެކައުންޓްތަކަށް ވަންނަން ޖެހޭ ސަބަބާއި މެދު ވެސް ސުވާލު އުފައްދާފައި އެވެ.

އަބްދުއްރަހީމް މިމޭރުމުން ވާހަކަފުޅު ދައްކަވާފައިމިވަނީ ޔާމީން މިހާރު ބާއްވަމުން ދާ ޖަލްސާތަކުގައި އަބްދުއްރަހީމްއާއި ރައީސް މުއިއްޒުގެ ފަހަތުގައި ތިއްބެވި މީގެ ކުރިން އެމަނިކުފާނާއި އެކު ސިޔާސީ މަސައްކަތް ކުރެއްވި ބޭފުޅުންނަކީ ހިޔާނާތްތެރިންގެ ގޮތުގައި ސިފަކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ