
އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހަމަލާދީފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ހަމަލާދީފައިވަނީ އިރާނުގައި ހުންނަ އެމެރިކާގެ އައިން އަލް އަސަދުގެ އަސްކަރީ މަރުކަޒަށެވެ. މި ހަމަލާއާއި އެކު އެ މަރުކަޒުގައި އަލިފާން ރޯވުމާއި އެކު ދުން އަރަމުން މަންޒަރު ފެންނަ ފޮޓޯއެއް މިހާރު ދަނީ ދައުރުވަމުންނެވެ.
މި ހަމަލާއާއި ގުޅިގެން އަދި މިހާތަނަށް އެމެރިކާއިން ބަހެއް ބުނެފައިނުވި ނަމަވެސް އެގައުމުގެ ރައީސް ޖޯ ބައިޑެން ކުއްލި ނުރައްކަލުގެ ބައްދަލުވުމެއް މިހާރު ކުރިޔަށްގެންދަވަމުން އަންނަ ކަމަށް މެދު އިރުމަތީގެ ބައެއް ނޫސްތަކުން އަންނަނީ ބުނަމުންނެވެ.
މިއީ އޮޕަރޭޝަން އިރާގު ފްރީޑަމްގެ ދުވަސްވަރު އެމެރިކާއިން އިރާގުގައި ގާއިމްކުރި އަސްކަރީ މަރުކަޒެކެވެ.
ބައެއް ރިޕޯޓުތައް ބުނާގޮތުގައި މިހަމަލާދީފައިވަނީ ރޮކެޓަކުންނެވެ. މި ހަމަލާގެ ޒިންމާ އަދި މިހާތަނަށް އެއްވެސް ގައުމަކުން ނުވަތަ ޖަމާއަތުން ނަގާފައެއް ނުވެއެވެ.
ގުޅުންހުރި

ވެނެޒުއޭލާގެ ވެރިކަން ކުރާނީ އެމެރިކާއިން - ޓްރަމްޕު

ރަޝިޔާއަށް އައި ބާރުގަދަ ބިންހެލުމާއިއެކު އެފެދުނު ސުނާމީގެ ރާޅުތައް އެމެރިކާގެ ގިނަ ސަރަހައްދުތަކަކަށް އަރަން ފަށައިފި

މިއީ ސުލްހަމަސަލަސްކަން ގާއިމްކުރަންވި ވަގުތު - ޓްރަމްޕު

.gif&w=3840&q=75)



