logoEN
cocacola
ގައުމީ ޔުނިވާސިޓީގެ ފޮތް މައުރަޒު އަންނަ މަހު 12 ގައި!

ގައުމީ ޔުނިވާސިޓީގެ ފޮތް މައުރަޒު އަންނަ މަހު 12 ގައި!

# ފޮތް މައުރަޒު# އެމްއެންޔޫ

-

ގައުމީ ޔުނިވާސިޓީގެ ފޮތް މައުރަޒު އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ނިންމައި ރަޖިސްޓްރީވާން ހުޅުވާލައިފި އެވެ.

ގޮސިޔާ

އެ ޔުނިވަރސިޓީން ބުނި ގޮތުގައި މި ހަރަކާތް ކުރިއަށްދާނީ ސެޕްޓެމްބަރ މަހު 12-14 އަށް ޔުނިވަރސިޓީގެ މައި މަރުކަޒުގައެވެ. ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަދި ރޭގަނޑު 8:00 އިން 10:00 އަށް މައުރަޒު އާއްމުންނަށް ހުޅުވާލާފައި ހުންނާނެ ކަމަށް އެ ޔުނިވަރސިޓީން މައުލޫމާތު ދެއެވެ.

ޤައުމީ ޔުނިވަރސިޓީން ކުރިއަށްގެންދާ މި ފޮތް މައުރަޒަކީ ފޮތް އުފައްދާ މީހުންނާއި ވިއްކާ މީހުންނާއި ފޮތް ގަންނަ މީހުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ. އެގޮތުން، ތަފާތު ބަސްތަކުން ދިވެހި ލިޔުންތެރިން ލިޔެފައިވާ ފޮތްތައް މި މައުރަޒުގެ ޒަރީއާއިން އާއްމުންނަށް ލިބޭނެއެވެ.

View post on Twitter

މި މައުރަޒުގެ ބޭއްވުމުގެ މަޤުޞަދެއް ކަމަށް އެ ޔުނިވަރސިޓީން ބުނީ، ދިވެހި ލިޔުންތެރިންނަށް އެ ފަރާތްތަކުގެ ހުނަރު އާންމުންނަށް ދައްކާލެވޭނޭ ފުރުޞަތު ތަނަވަސް ކޮށްދިނުމާއި، މިހާތަނަށް ޝާއިޢު ނުކުރެވި ހުރި އައު ފޮތް ފަދަ އާލާތްތައް އާންމުންނާ ހަމައަށް ގެނެސް ދެވޭނޭ މާޙައުލެއް އުފެއްދުމެވެ. އަދި ފޮތަށް އަހުލުވެރިކުރުވުމާއި ފޮތް ކިޔުމުގެ އާދަ އުފައްދާ ދެމެހެއްޓުމުގެ ޝަޢުގު އުފެއްދުމާއި، ފޮތް ވިއްކުމަށް ބޭނުންވާ ލިޔުންތެރިންނަށް އެފުރުސަތު ފަހިކޮށްދީ އެފަދަ މާޙައުލެއް އުފެއްދުމެވެ.

މި މައުރަޒުގައި ފޮތް ވިއްކާ ފަރާތްތަކުން ފީއެއް ދައްކާކަށް ނުޖެހެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ