
--
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ގައުމު ދޫކުރައްވާ ފިއްލަވާފައިވާ ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.

ބަންގްލަދޭޝްގެ ހަބަރުތައް ގެނެސްދޭ ޕްރޮތޯމަލޯ ނޫހުން ރިޕޯޓުކުރާ ގޮތުގައި ބޮޑުވަޒީރު ޝައިޚް ހަސީނާ އަސްކަރީ ހެލިކޮޕްޓަރެއްގައި އެގައުމުގެ ރަސްމީ ގަނޑުވަރު ބަންގާބާނުން ފުރާވަޑައިގަތީ ހޯމަ ދުވަހުގެ މެންދުރު ފަހު 2:30 ގައެވެ. އެގޮތުން ގައުދު ދޫކުރައްވާ ވަޑައިގެންނެވީ ކޮއްކޮ ޝެއިޚް ރެހާނާ އާއި އެކުގައި ކަމަށްވެސް އެނޫހުން ރިޕޯޓުކުރެއެވެ.
ހަސީނާ ވަޑައިގެންނެވީ އިންޑިއާގެ ވެސްޓް ބެންގާލަށް ކަމަށްވެސް އެނޫހުން ރިޕޯޓުކުރެއެވެ.
އަލް ޖަޒީރާއިންވެސް ވަނީ ހަސީނާ ރަސްމީ ގެކޮޅު ދޫކުރައްވާ " ރައްކާތެރި" ސަރަހައްދަކަށް ވަޑައިގެންނެވިކަން ރިޕޯޓުކޮށްފައެވެ.
ހަސީނާ ގައުމު ދޫކުރައްވާ ވަޑައިގެންފައި މިވަނީ އެކަމަނާގެ އިސްތިއުފާއަށް ގޮވާލާ އެގައުމުގެ ބޮޑެތި މުޒާހަރާތަކެއް ކުރަމުން ދާ ދަނޑިވަޅެއްގައި އެވެ. މުޒާހަރާތައް ހޫނުވެ ފުލުހުންނާއި ދެމެދު ހިނގި ހަމަނުޖެހުންތަކުގައި އިއްޔެ އާއި މިއަދު އެކަނިވެސް 100 އެއްހާ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ގުޅުންހުރި

ބަންގްލަދޭޝްގައި އަސްކަރީ މަތިންދާބޯޓެއް ވެއްޓުން: މަރުވި މީހުންގެ އަދަދު 20 އަށް!

ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓެއް ވެރިރަށް ޑާކާގެ ކޮލެޖް ކެމްޕަހަކަށް ވެއްޓިއްޖެ: އެކަކު މަރުވެ ގިނަ ބަޔަކަށް ފަރުވާދެނީ

ހަސީނާގެ ވެރިކަން ވައްޓާލި ދަރިވަރުން, ސިޔާސީ ޕާޓީއެއް އުފައްދައިފި
