logoEN
Sto top
ހަސީނާގެ މައްޗަށް މަރުގެ ހުކުމް: ބަންގްލަދޭޝާއި އޭނާ ހަވާލުކުރުމަށް އިންޑިއާގައި ރަސްމީކޮށް އެދެފި

ހަސީނާގެ މައްޗަށް މަރުގެ ހުކުމް: ބަންގްލަދޭޝާއި އޭނާ ހަވާލުކުރުމަށް އިންޑިއާގައި ރަސްމީކޮށް އެދެފި

އަހުމަދު ޝުރާއު

logo

11/17/2025, 12:03:14 PM

# ބަންގްލަދޭޝް

-

ބަންގްލަދޭޝަންގެ ވެރިކަން ޒަމާންތަކެއް ވަންދެން ކުރި އެގައުމުގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ މައްޗަށް މަރުގެ ހުކުމް އިއްވައިފި އެވެ.

Wamco

އުމުރުން 78 އަހަރުގެ ހަސީނާގެ މައްޗަށް ޣައިރު ހާޒިރުގައި ޝަރީއަތް ހިންގައި މިއަދު ހުކުމް ކޮށްފައިވަނީ 2024 ވަނަ އަހަރުގެ މެދުތެރޭގައި އެގައުމުގެ ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި 1،400 މީހުން މަރުވި މައްސަލައިގައި ހަސީނާއާއި އޭނާގެ ސަރުކާރުން އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގި ކަމުގެ ކުށުގައި އެވެ.

އިންސާނިއްޔަތާ ހިލާފް އަމަލުތައް ހިންގި ކަމުގެ ކުށް ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ މައްޗަށް ސާބިތުވާ ކަމަށް އެ ގައުމުގެ ހާއްސަ ކޯޓަކުން މިއަދު ކުރި ހުމުމްގައި ބުނީ މިދިޔަ އަހަރު އެގައުމުގެ ދަރިވަރުންތައް ކުރި މުޒާހަރާތައް ރޫޅާލަން މީހުން މެރުމަށް ބަޑިޖެހުން ފަދަ އަނިޔާވެރި އަމަލުތަކަށް ހަސީނާ އަމުރުކުރިކަން ސާބިތުވާކަމަށެވެ. މިއާއިއެކު އޭނާގެ މައްޗަށް ތަންފީޒުކުރާނީ އެންމެ ހުކުމެއް ކަމަށާއި އެއީ މަރުގެ ހުކުމް ކަމަށެވެ.

ބަންގްލާދޭޝް އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް އިން ހަސީނާގެ މައްޗަށް ހިންގި ޝަރީއަތަށް ފަހު ހުކުމް އިއްވި އިރު ގައުމުގެ ސަލާމަތީ ކަންތައްތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. ނަމަވެސް ހުކުމާއިއެކު ބަންގްލަދޭޝަންގެ ގިނަ ބަޔަކު ދަނީ މަގުތަކަށް ނުކުމެ އުފާފާޅުކުރަމުންނެވެ.

ހަސީނާގެ އިތުރުން އޭނާގެ ސަރުކާރުގެ ހޯމް މިނިސްޓަރު އަސަދުއްޒާމާން ޚާން ކަމާލްގެ މައްޗަށްވެސް ކޯޓުން ވަނީ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއް ހިންގި މައްސަލައިގައި މަރުގެ ހުކުމް އިއްވާފައި އެވެ.

ނޮބެލް ސުލްހައިގެ އިނާމު ލިބިފައިވާ މުޙައްމަދު ޔޫނުސް އިސްކޮށް ހުންނެވި ބަންގްލަދޭޝަންގެ ވަގުތީ ސަރުކާރުން ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ މައްޗަށް އިއްވި މަރުގެ ހުކުމަކީ “ތާރީޚީ ހުކުމެއް” ކަމަށް ވަނީ ބުނެފައި އެވެ. އަދި ހުކުމާއިއެކު ހަލަބޮލިކަމާއި ހަމަނުޖެހުން އުފެއްދުމަށް ކުރާ ކޮންމެ މަސައްކަތެއް ވެސް ހަރުކަށިކޮށް އަމަލުކުރާނެ ކަމުގެ އިންޒާރުވެސް ދީފައިވެ އެވެ. "އަޅުގަނޑުމެން އިލްތިމާސް ކުރަން ރައްޔިތުން މަޑުމައިތިރި، ހިފެހެއްޓުމާއި ޒިންމާދާރުކަމާއެކު ތިބުމަށް،" ސަރުކާރުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ހަސީނާގެ ވެރިކަން މިދިޔަ އަހަރުގެ އޯގަސްޓް މަހު ވައްޓާލުމާ އެކު ވަނީ ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންފަ އެވެ. މިއަދުގެ ހުކުމާއިއެކު ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ޝެއިޚް ހަސީނާ އާއި ކުރީގެ ހޯމް މިނިސްޓަރު އަސަދުއްޒާމާން ޚާންގެ ކުށް ސާބިތުވުމާ ގުޅިގެން އެދެމީހުންވެސް "ވަގުތުން ބަންގްލަދޭޝާއި ހަވާލު" ކުރުމަށް ގޮވާލާފަ އެވެ.

އެ މިނިސްޓްރީން ބުނީ އިންޑިއާއަށް އަމަލުކުރަން ޖެހޭނީ "ދެގައުމުގެ މެދުގައި މިހާރު އޮތް އެކްސްޓްރެޑިޝަން މުއާހަދާގައިވާ ގޮތުގެ މަތިން" ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC