logoEN
Sto top
ހަސީނާގެ މައްޗަށް އިއްވި މަރުގެ ހުކުމް ސަމާލުކަމަށް އައިސްފި، އިސްކުރާނީ ބަންގްލަދޭޝްގެ ރައްޔިތުންގެ މަސްލަހަތު - އިންޑިއާ

ހަސީނާގެ މައްޗަށް އިއްވި މަރުގެ ހުކުމް ސަމާލުކަމަށް އައިސްފި، އިސްކުރާނީ ބަންގްލަދޭޝްގެ ރައްޔިތުންގެ މަސްލަހަތު - އިންޑިއާ

އަހުމަދު ޝުރާއު

logo

11/17/2025, 12:27:35 PM

# ބަންގްލަދޭޝް

އިންޑިއާގެ ހިމާޔަތުގައި ހުންނަވަނިކޮށް ބަންގްލަދޭޝަންގެ ވެރިކަން ޒަމާންތަކެއް ވަންދެން ކުރި އެގައުމުގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ މައްޗަށް މިއަދު ބަންގްލަދޭޝަންގެ ޚާއްސަ ކޯޓުން ކުރި މަރުގެ ހުކުމް އިންޑިއާގެ ސަމަލުކަމަށް އައިސްފައިވާކަން އެގައުމުން ހާމަކޮށްފި އެވެ.

Wamco

އިންޑިއާގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާއާ ގުޅޭ ގޮތުން އެގައުމުގެ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް އޮފް ބަންގްލަދޭޝް އިން އިއުލާން ކުރި ހުކުމް އިންޑިއާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި ގާތް އަވަށްޓެރިއެއްގެ ގޮތުގައި އިންޑިއާ އޮތީ ބަންގްލަދޭޝްގެ ރައްޔިތުންގެ މަސްލަހަތަށްޓަކައި، އެގައުމުގައި ސުލްހައާއި، ޑިމޮކްރަސީއާއި، ހިމެނުމާއި، ހަމަޖެހުން ހިމެނޭ ގޮތަށް ކަމަށާއި އެކަމަށްޓަކައި އަބަދުވެސް އިންޑިއާއިން ހުރިހާ ސްޓޭކްހޯލްޑަރުންނާއެކު ބިނާކުރަނިވި ގޮތެއްގައި ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.

ނަމަވެސް މިވަގުތުވެސް އިންޑިއާގެ ހިމާޔަތުގައި ތިބި ހަސީނާ އާއި ކުރީގެ ހޯމް މިނިސްޓަރު އަސަދުއްޒާމާން ޚާން ކަމާލް ހަވާލުކުރުމަށް ބަންގްލަދޭޝްއިން ގޮވާލި ގޮވާލުމާއި ގުޅިގެން ބަޔާނުގައި އެއްވެސް ކަމެއް ހާމަކޮށްފައިނުވެއެވެ. އެގޮތުން އެދެމީހުން ބަންގްލަދޭޝާައި ހަވާލުކުރާނެ ކަމެއް އިންޑިއާއިން ހާމައެއް ނުކުރެއެވެ.

މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި އިންޑިއާއިން ޝެއިހް ހަސީނާ ބަންގްލަދޭޝްގެ ކަމާބެހޭ ފަރާތްތަކާއި ހަވާލުކުރުން ވަރަށް ނާދިރެވެ.

އުމުރުން 78 އަހަރުގެ ހަސީނާގެ މައްޗަށް ޣައިރު ހާޒިރުގައި ޝަރީއަތް ހިންގައި މިއަދު ހުކުމް ކޮށްފައިވަނީ 2024 ވަނަ އަހަރުގެ މެދުތެރޭގައި އެގައުމުގެ ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި 1،400 މީހުން މަރުވި މައްސަލައިގައި ހަސީނާއާއި އޭނާގެ ސަރުކާރުން އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގި ކަމުގެ ކުށުގައި އެވެ.

އިންސާނިއްޔަތާ ހިލާފް އަމަލުތައް ހިންގި ކަމުގެ ކުށް ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ މައްޗަށް ސާބިތުވާ ކަމަށް އެ ގައުމުގެ ހާއްސަ ކޯޓަކުން މިއަދު ކުރި ހުމުމްގައި ބުނީ މިދިޔަ އަހަރު އެގައުމުގެ ދަރިވަރުންތައް ކުރި މުޒާހަރާތައް ރޫޅާލަން މީހުން މެރުމަށް ބަޑިޖެހުން ފަދަ އަނިޔާވެރި އަމަލުތަކަށް ހަސީނާ އަމުރުކުރިކަން ސާބިތުވާކަމަށެވެ. މިއާއިއެކު އޭނާގެ މައްޗަށް ތަންފީޒުކުރާނީ އެންމެ ހުކުމެއް ކަމަށާއި އެއީ މަރުގެ ހުކުމް ކަމަށެވެ.

ބަންގްލާދޭޝް އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް އިން ހަސީނާގެ މައްޗަށް ހިންގި ޝަރީއަތަށް ފަހު ހުކުމް އިއްވި އިރު ގައުމުގެ ސަލާމަތީ ކަންތައްތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. ނަމަވެސް ހުކުމާއިއެކު ބަންގްލަދޭޝަންގެ ގިނަ ބަޔަކު ދަނީ މަގުތަކަށް ނުކުމެ އުފާފާޅުކުރަމުންނެވެ.

ހަސީނާގެ އިތުރުން އޭނާގެ ސަރުކާރުގެ ހޯމް މިނިސްޓަރު އަސަދުއްޒާމާން ޚާން ކަމާލްގެ މައްޗަށްވެސް ކޯޓުން ވަނީ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއް ހިންގި މައްސަލައިގައި މަރުގެ ހުކުމް އިއްވާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC