logoEN
Sto top
ބަންގްލަދޭޝްގައި އަސްކަރީ މަތިންދާބޯޓެއް ވެއްޓުން: މަރުވި މީހުންގެ އަދަދު 20 އަށް!

ބަންގްލަދޭޝްގައި އަސްކަރީ މަތިންދާބޯޓެއް ވެއްޓުން: މަރުވި މީހުންގެ އަދަދު 20 އަށް!

އަހުމަދު ޝުރާއު

logo

7/21/2025, 3:28:07 PM

# ބަންގްލަދޭޝް

--

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ކޮލެޖަކާއި ސްކޫލް ކެމްޕަހަކަށް ބަންގްލަދޭޝްގެ ވައިގެ ސިފައިންގެ ޓްރެއިނިން މަތިންދާބޯޓެއް ވެއްޓި މަރުވި މީހުންގެ އަދަދު 20 އަށް އަރާފައިވާކަމަށް އެގައުމުގެ މީޑިއާތަކުން ބުނެފިއެވެ.

Wamco

ބަންގްލަދޭޝްގެ ވައިގެ ސިފައިންގެ އެފް-7 ބީޖީއައި މަތިންދާ ބޯޓު ވެއްޓުނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ އުއްތަރަ އަވަށުގައި ހުންނަ މައިލްސްޓޯން ސްކޫލް އެންޑް ކޮލެޖުގެ ކެމްޕަހަށް މިއަދު މެންދުރު ފަހު 1:00 އެހާކަންހާއިރު އެވެ.

އެގައުމުގެ ދަ ޑެއިލީ ސްޓާރ ނޫހުން ރިޕޯޓުކުރާ ގޮތުގައި މި ހާދިސާގައި މިހާތަނަށް 20 މީހަކު ވަނީ މަރުވެފައި އެވެ. އަދި 171 މީހަކަށް ހޮސްޕިޓަލުތަކުގައި އަދިވެސް ދަނީ ފަރުވާދެމުން ކަމަށާއި އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންވެސް ހިމެނޭކަމަށް ޑެއިލީ ސްޓާރއިން ބުނެއެވެ.

ބަންގްލަދޭޝްގެ އިންތިގާލީ ސަރުކާރުގެ ލީޑަރު މުހައްމަދު ޔޫނުސް ވިދާޅުވީ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ބެލުމަށާއި "ހުރިހާ ބާވަތެއްގެ އެހީތެރިކަން ކަށަވަރު ކުރުމަށް" "އަޅަންޖެހޭ ފިޔަވަޅުތައް" އަޅާނެ ކަމަށެވެ.

މިހާދިސާ ހިނގާފައިމިވަނީ އިންޑިއާގެ އަހްމަދުއާބާދު ސިޓީގެ މެޑިކަލް ކޮލެޖް ހޮސްޓެލަކަށް އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓުނުތާ މަހެއްހާ ދުވަސް ފަހުންނެވެ. އިންޑިއާގައި ހިނގި ހާދިސާގައި މަތިންދާބޯޓުގައި ތިބި 242 ފަސިންޖަރުންގެ ތެރެއިން 241 ފަސިންޖަރުންނާއި މެޑިކަލް ކޮލެޖުގައި ތިބި 19 މީހަކު މަރުވެފައިވާއިރު އެއީ ވޭތުވެދިޔަ ދިހަ އަހަރުގެ ތެރޭގައި ދުނިޔޭގައި ކުރިމަތިވި އެންމެ ނުރައްކާތެރި އޭވިއޭޝަން ކާރިސާއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC