އާރްޓީއެލުން ކޫއްޑޫއަށް ކުރާ ދަތުރުގެ ވަގުތަށް ގެނައި ބަދަލާއި އެކު މޯލްޑިވިއަންގެ ފަސިންޖަރުންނަށް އިތުރު ލުޔެއް!
އަހުމަދު ޝުރާއު
8/4/2024, 12:47:49 PM
--
މޯލްޑިވިއަންގެ ހެނދުނު ކޫއްޑޫ ދަތުރާ ގުޅުވާލުމަށް އާރްޓީއެލް ފެރީގެ ވަގުތަށް ބަދަލު ގެނެސްފި އެވެ.
މޯލްޑިވިއަންއިން މިއަދު ބުނީ އެއާލައިނުން ކޫއްޑޫއަށް ކުރަމުން ދިޔަ ހެނދުނުގެ ފްލައިޓު ކަމަށްވާ Q2 260 ފްލައިޓު ޖައްސާ ގަޑިއާއި ދިމާކޮށް އާރްޓީއެލްއިން ކޫއްޑޫއަށް ކުރާ ޒޯން 5 ރޫޓު 8 ގެ ފެރީގެ ވަގުތަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. މި ބަދަލާއި އެކު ކޫއްޑޫއަށް 08:55 ގައި ޖައްސާ މޯލްޑިވިއަންގެ ފްލައިޓުގެ ފަސިންޖަރުންނަށް އާރްޓީއެލްގެ ކޫއްޑޫ-ވިލިނގިލި ފެރީ މިހާރު 09:30 ގައި އޮންނާނެ ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.
ކޫއްޑޫއަށް ކުރާ އާރްޓީއެލް ފެރީގެ ތަފްސީލް:
ގއ.ކޫއްޑޫއިން ގއ.ވިލިނގިއްޔަށް : ކޫއްޑޫއިން ފުރާ ގަޑި 9:30، ވިލިނގިއްޔަށް ލަފާ ގަޑި 9:40.
މި ބަދަލާއިއެކު ކޫއްޑޫއަށް ދަތުރުކުރާ ފަސިންޖަރުންނަށް އިތުރު ލުއިފަސޭހަކަމާއި ހިތްހަމަޖެހުން ލިބިގެންދާނެ ކަމަށް މޯލްޑިވިއަންއިން ބުނެއެވެ. އަދި މި ބަދަލަކީ ފަސިންޖަރުންގެ ތަޖުރިބާ އިތުރުކޮށް، މުޅި ރާއްޖެއަށް މެދުނުކެނޑި ކަނެކްޓިވިޓީ ފޯރުކޮށްދިނުމަށް މޯލްޑިވިއަން އާއި އާރްޓީއެލް ގުޅިގެން ކުރަމުން އަންނަ މަސައްކަތުގެ މިސާލެއް ކަމަށްވެސް އެކުންފުނިން ބުނެއެވެ.
އާރްޓީއެލްގެ ޒޯން 5 ގެ ދަތުރުތަކުގެ މައި ހަބަކީ އެއަތޮޅުގެ ވެރިކަން ކުރާ ގއ ވިލިނގިއްޔެވެ. އެގޮތުން ކޫއްޑޫއިން ވިލިނގިއްޔަށް ދެވުމާއި އެކު އަތޮޅުގެ އެހެން ރަށްތަކަށް ދިޔުމަށްވެސް އާރްޓީއެލްގެ ހިދުމަތް ބޭނުންކުރެވިގެންދާނެ އެވެ.