logoEN
cocacola
ބީޗު ހޭންޑްބޯޅަ 2024: މެޗަކުން ބަލިނުވެ، ފެމެލީ ބޭކާސް  ޗެންޕިއަންކަން ހޯދައިފި

ބީޗު ހޭންޑްބޯޅަ 2024: މެޗަކުން ބަލިނުވެ، ފެމެލީ ބޭކާސް ޗެންޕިއަންކަން ހޯދައިފި

ހަސަން ޝަމްއޫން

logo

8/3/2024, 5:03:52 PM

# ދިވެހި ކުޅިވަރު # ކުޑަހުވަދޫ ސްޕޯޓްސް ކުލަބް# ހޭންޑްބޯލް މޯލްޑިވްސް# ބީޗު ހޭންޑްބޯޅަ ޓޯނަމެންޓް

ފެމެލީ ބޭކާސް ކުޅުންތެރިން މުބަރާތުގެ ޓްރޮފީއާއެކު... ފޮޓޯ: ހޭންޑްބޯޅަ ނޭޝަން

ކުޑަހުވަދޫގައި މިހާރު ކުރިއަށްދާ "ދެވަނަ ބީޗުމާޓް ބީޗު ހޭންޑްބޯޅަ މުބާރާތް 2024" ގެ ފިރިހެން ޑިވިޝަނުގައި ފައިނަލުގައި ސީދާ ދެ ސެޓުން ޒޯރު ސްޕޯޓްސް ކުލަބު ބަލިކޮށް ކުޅުދުއްފުށީ ސިޓީގެ ފެމެލީ ބޭކާސް މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.

ގޮސިޔާ

މުބާރާތުގެ ފައިނަލުން ފެމެލީ ބޭކާސް ޖާގަ ހޯދީ ލީގު ބުރުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، ލީގު ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ޒޯރު ސްޕޯޓްސް ކުލަބު ފައިނަލުން ޖާގަ ހޯދީ ލީގު ބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމުގެ މެދުގައި ކުޅެވުނު ޕްލޭއޮފް މެޗުގައި ރޯޔަލްސް ސިޓީ ބަލިކުރުމަށްފަހު އެވެ. އަދި މީގެ އިތުރުން މިދެޓީމު ލީގު ބުރުގައި ކުޅުނު މެޗުވެސް ފަސޭހަކަމައެކު ސީދާ ދެސެޓުން ފެމެލީ ބޭކާސް ވަނީ ކާމިޔާބުކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ސެޓް ބޭކާސް ކާމިޔާބުކުރީ ފަސް ޕޮއިންޓަގެ ފަރަގަޖާއެކު 11-6 ގެ ނަތީޖާއަކުންނެވެ. އަދި މެޗުގެ ދެވަނަ ސެޓުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް ބޭކާސް ކާމިޔާބުކުރީ ތިން ޕޮއިންޓްގެ ފަރަގަކާއެކު 9-6 ގެ ނަތީޖާއަކުންނެވެ.

މިމެޗުގައި ފެމެލީ ބޭކާސްގެ އަހުމަދު އަލީ އަށް ލަނޑު އަދި ޝަމްނޫޒް މުހައްމަދު ހަ ލަނޑުކާމިޔާބުކުރިއިރު، އެޓީމުގެ އަހުމީމް އަލީ ހަތަރު އަދި އަހުމަދު ދާއޫދު ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މިމެޗުގައި ޒޯރު ސްޕޯޓްސް ކުލަބުގެ ފިރުޝާން މުހައްމަދު، ޝައިހާން ޝައުކަތުގެ އިތުރުން އިބްރާހިމް އަލްތާފް މިއިން ކޮންމެ ކުޅުންތެރުއަކު ވަނީ ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފެމެލީ ބޭކާސްގެ އަހުމަދު އަލީ އެވެ.

މުބާރާތުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނަކީ އަހުމަދު އަލީ (ފެމެލީ ބޭކާސް)، ފިރުޝާން މުހައްމަދު (ޒޯރު އެސްސީ)، ޝައިހާން ޝައުކަތު (ޒޯރު އެސްސީ) އަދި ވިޝާން އަބްދުލް މަޖީދު (ރޯޔަލްސް ސިޓީ) އެވެ. އަދި އުންމީދީ ކުޅުންތެރިޔާ މަގާމު ހޯދީ އަހުމަދު ޝިނާޒް (ބީސްޓް އެސްސި) އެވެ.

01 އޮގަސްޓް 2024 އިން 03 އޮގަސްޓް 2024 އަށް، ކުޑަހުވަދޫ ސްޕޯޓްސް ކުލަބާއި ހޭންޑްބޯޅަ މޯލްޑިވްސް ގުޅިގެން، މުޅި ރާއްޖެއަށް ހުޅުވާލައިގެން ދ.ކުޑަހުވަދޫގައި ބާއްވާ މި މުބާރާތުގެ ފިރިހެން ޑިވިޝަނުގައި މިއަހަރު ފަސް ޓީމު ބައިވެރިވެފައިވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންގޮސްފައި ވަނީ ބައިވެރިވި ފަސް ޓީމުގެ މެދުގައި ލީގު އުސޫލުންނެވެ.

މީގެ އިތުރުން މި މުބާރާތަކީ ކުޑަހުވަދޫގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހް ދިރުވައި އާލާކުރުމުގެ އިތުރުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމައްޓަކައި ކުޅިވަރުގެ ތެރެއިން ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމާއިއެކު ވާދަވެރި މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި 2023 ވަނަ އަހަރުން ފެށިގެން ކުޑަހުވަދޫ ސްޕޯޓްސް ކުލަބުން ބާއްވަމުން އަންނަ މުބާރާތެކެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކަށް ބީޗު މާޓް ހަމަޖައްސާފައިވައިރު، ކޯ ސްޕޮންސަރ އަކީ އެނޮކްސް ޕަރައިވެޓް ލިމިޓެޑެވެ. އަދި މީޑިއާ ޕާޓްނަތަކީ ގާފު ސްޕޯޓްސް އެވެ. މީގެ އިތުރުން މުބާރާތުގެ ހުރިހާ މެޗެއްގެ މޮޅު ކުޅުންތެރިޔާގެ އިނާން ސްޕޮންސަރ ކޮއްފައިވަނީ ޓޫލް އެމްވީގެ ފަރާތުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ