logoEN
cocacola
ބީޗު ހޭންޑްބޯޅަ 2024: ވާދަވެރި ކުޅުމަކަށްފަހު އެންމެ ފަހުގެ ޗެންޕިއަން  ބަލިކޮށް  ޒޯރު ވިމެންސް  ޗެންޕިއަންކަން ހޯދައިފި

ބީޗު ހޭންޑްބޯޅަ 2024: ވާދަވެރި ކުޅުމަކަށްފަހު އެންމެ ފަހުގެ ޗެންޕިއަން ބަލިކޮށް ޒޯރު ވިމެންސް ޗެންޕިއަންކަން ހޯދައިފި

ހަސަން ޝަމްއޫން

logo

8/3/2024, 5:00:52 PM

# ދިވެހި ކުޅިވަރު # ބީޗު ހޭންޑްބޯޅަ ޓޯނަމެންޓް # ހޭންޑްބޯލް މޯލްޑިވްސް# ކުޑަހުވަދޫ ސްޕޯޓްސް ކުލަބް

ޒޯރު ވިމެންސްގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު.. ފޮޓޯ: ހޭންޑްބޯޅަ ނޭޝަން

ކުޑަހުވަދޫގައި މިހާރު ކުރިއަށްދާ "ދެވަނަ ބީޗުމާޓް ބީޗު ހޭންޑްބޯޅަ މުބާރާތް 2024" ގެ އަންހެން ޑިވިޝަން ފައިނަލުގައި އެންމެ ފަހުގެ ޗެންޕިއަން ކުޑަ ގޮހޮޑާ ސިދާ ދެސެޓުބް ބަލިކޮށް ޒޯރު ވިމެންސް މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.

ގޮސިޔާ

ޒޯރު ވިމެންސް މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ލީގު ބުރުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ، ލީގުބުރުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ކުޑަ ގޮހޮޑާ ފައިނަލުން ޖާގަހޯދީ ލީގު ބުރުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން މޮޅުވެ، ލީގުބުރުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި މިދެޓީމު ލީގުބުރުގައި ކުޅުނު މެޗު ކާމިޔާބުކުރީ ޒޯރު ވިމެންސް އެވެ.

ދެޓީމުގެ ފަރާތުން ވަރަށް ފޯރިގަދަ އަދި އެހާމެ ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓް ދެލަނޑުގެ ފަރަގަކާއެކު 5-3 ގެ ނަތީޖާއަކުން ޒޯރު ވިމެންސް ކާމިޔާބުކުރިއިރު، ދެވަނަ ސެޓު އެޓީމުން ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުންނެވެ.

އެގޮތުން މިމެޗުގައި ޒޯރު ވިމެންސްގެ އައިޝަތު ޝައިބާ ހަ ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އައިޝަތު ސަޖާހާ ވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން ކުޑަ ގޮހޮޑާގެ ރީޝާ މުހައްމަދު ތިން ލަނޑު އަދި އަިމިނަތު ރީމާ ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އާމިނަތު ރަފާހަތު އެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޒޯރު ވިމެންސްގެ އައިޝަތު ޝައިބާ އެވެ.

މުބާރާތުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނަކީ އައިޝަތު ޝައިބާ (ޒޯރު ވިމެންސް)، އައިޝަތު ސަޖާހާ (ޒޯރު ވިމެންސް)، ޝަރާ ހުސެއިން (ޒޯރު ވިމެންސް) އަދި ރީޝާ މުހައްމަދު (ކުޑަ ގޮހޮޑާ) އެވެ. އަދި މުބާރާތުގެ އުންމީދީ ކުޅުންތެރިޔާގެ މަގާމު ހޯދީ އައިޒާ އަލީ އާތިފް (ކުޑަހުވަދޫ ސްޕޯޓްސް އެކަޑަމީ) އެވެ.

01 އޮގަސްޓް 2024 އިން 03 އޮގަސްޓް 2024 އަށް، ކުޑަހުވަދޫ ސްޕޯޓްސް ކުލަބާއި ހޭންޑްބޯޅަ މޯލްޑިވްސް ގުޅިގެން، މުޅި ރާއްޖެއަށް ހުޅުވާލައިގެން ދ.ކުޑަހުވަދޫގައި ކުރިއަށް ގެންދިޔަ މި މުބާރާތުގެ އަންހެން ޑިވިޝަނުގައި މިއަހަރު ހަތަރު ޓީމު ބައިވެރިވިއިރު، މި ޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންގޮސްފައި ވަނީ ބައިވެރިވި ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ، އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.

މީގެ އިތުރުން މިމުބާރާތަކީ ކުޑަހުވަދޫގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހް ދިރުވައި އާލާކުރުމުގެ އިތުރުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމައްޓަކައި ކުޅިވަރުގެ ތެރެއިން ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމާއިއެކު ވާދަވެރި މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި 2023 ވަނަ އަހަރުން ފެށިގެން ކުޑަހުވަދޫ ސްޕޯޓްސް ކުލަބުން ބާއްވަމުން އަންނަ މުބާރާތެކެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކަށް ބީޗު މާޓް ހަމަޖައްސާފައިވައިރު، ކޯ ސްޕޮންސަރ އަކީ އެނޮކްސް ޕަރައިވެޓް ލިމިޓެޑެވެ. އަދި މީޑިއާ ޕާޓްނަތަކީ ގާފު ސްޕޯޓްސް އެވެ. މީގެ އިތުރުން މުބާރާތުގެ ހުރިހާ މެޗެއްގެ މޮޅު ކުޅުންތެރިޔާގެ އިނާން ސްޕޮންސަރ ކޮއްފައިވަނީ ޓޫލް އެމްވީގެ ފަރާތުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ