
އޮލިމްޕިކްސް/ފުޓްބޯޅަ: ފްރާންސް އަތުން ބަލިވެ އާޖެންޓީނާ މުބާރާތުން ކަޓައިފި
# އޮލިމްޕިކްސް ފުޓްބޯޅަ/ފިރިހެން# ބޭރު ދުނިޔޭގެ ކުޅިވަރުފުރާންސާއި އާޖެންޓީނާ ވާދަކުރި މެޗުގެ ތެރެއިން
ފުރާންސްގެ ވެރިރަށް ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް ފުޓްބޯޅަ ފިރިހެން އިވެންޓްގެ ކުއާޓާ ފައިނަލުގައި އާޖެންޓީނާ 1-0 ގެ ނަތީޖާއަކުން ބަލިކޮށް ފުރާންސް މުބާރާތުގެ ސެމީ ފައިނަލުން ޖާގަހޯދައިފިއެވެ.

އާޖެންޓީނާ ކުއާޓާ ފައިނަލުން ޖާގަހޯދީ ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި އެޓީމު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން މޮޅުވިއިރު، ބަލިވީ ގުރޫޕްގެ އެއްވަނަ ހޯދި މޮރޮކޯ އަތުންނެވެ. އަދި ފްރާންސް ކުއާޓާ ފައިނަލުން ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރާންސުން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިދިޔަ ސީޒަނުގައި ޕްރެމިއާ ލީގުގެ ކްރިސްޓަލް ޕެލަސްގައި މޮޅު ކުޅުމެއް ދެއްކި ފޯވާޑް މަޓެޓާއެވެ.
މީގެ އިތުރުންވެސް ދެވަނަ ހާފުގައި ވެސް ފްރާންސުން އިތުރު ލަނޑެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ ލަނޑުޖެހުމުގެ ކުރިން ފްރާންސްގެ ކުޅުންތެރުއަކު ފައުލްކޮށްފައިވާކަމަށެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި މިމަހުގެ ހަވަނަ ދުވަހުގެ ރޭ ފުރާންސުން ނުކުންނާނީ ކުއާޓާ ފައިނަލުގައި ޕެރަގުއޭ ބަލިކޮށް ސެމީ ފައިނަލުން ޖާގަހޯދި މިސްރާއި ދެކޮޅަށެވެ.
ގުޅުންހުރި

ކުލަބު ވޯލްޑްކަޕް: ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ރެއާލް ދެވަނަ ބުރުން ޖާގަ ހޯދައިފި

ކުލަބް ވޯލްޑްކަޕް: ޔުވެންޓަސް އަތުން މެންޗެސްޓާ ސިޓީއަށް ފަސޭހަ މޮޅެއް

ކުލަބު ވޯލްޑްކަޕް: ރެއާލް އަތުން ބަލިވެ ޕަޗޫކާ މުބާރާތުން ކަޓައިފި
.jpg&w=3840&q=75)