logoEN
cocacola
ބީޗު ހޭންޑްބޯޅަ 2024: ރޯޔަލްސް ސިޓީ އަތުން ބަލިވެ ބާކީ އެއްމެޗު އޮއްވައި ބީސްޓް މުބާރާތުން ކަޓައިފި

ބީޗު ހޭންޑްބޯޅަ 2024: ރޯޔަލްސް ސިޓީ އަތުން ބަލިވެ ބާކީ އެއްމެޗު އޮއްވައި ބީސްޓް މުބާރާތުން ކަޓައިފި

ހަސަން ޝަމްއޫން

logo

8/2/2024, 8:18:19 PM

# ދިވެހި ކުޅިވަރު # ބީޗު ހޭންޑްބޯޅަ ޓޯނަމެންޓް # ހޭންޑްބޯލް މޯލްޑިވްސް# ކުޑަހުވަދޫ ސްޕޯޓްސް ކުލަބް

ބީސްޓް އެސްސީ އާއި ރޯޔަލްސް ސިޓީ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ހޭންޑްބޯލް ނޭޝަން

ކުޑަހުވަދޫގައި މިހާރު ކުރިއަށްދާ "ދެވަނަ ބީޗުމާޓް ބީޗު ހޭންޑްބޯޅަ މުބާރާތް 2024" ގެ ފިރިހެން ޑިވިޝަނުގައި ރޯޔަލް ސިޓީ އަތުން ސީދާ ދެ ސެޓުން ބަލިވެ ބާކީ އެއްމެޗު އޮއްވައި ބީސްޓް ސްޕޯޓްސް ކުލަބު މުބާރާތުން ކަޓައިފިއެވެ.

ގޮސިޔާ

މުބާރާތުގައި ރޯޔަލްސް ސިޓީން ކުޅުނު ފުރަތަމަ މެޗުގައި ޒޯރު ސްޕޯޓްސް ކުލަބު އަތުން ދެ ސެޓް އެއް ސެޓުން ބަލިވި ނަމަވެސް ޖެހިގެންއައި މެޗުގައި އެޓީމުން ވަނީ 2-1 ގެ ނަތީޖާއަކުން ޒޯރު ޖޫނިއަރސް އަތުން މޮޅުވެފައެވެ. އަދި ބީސްޓް ސްޕޯޓްސް ކުލަބު، ފެމެލީ ބޭކާސް އަދި ޒޯރު ސްޕޯޓްސް ކުލަބާއި ދެކޮޅަށް ކުޅުނު ދެމެޗުން ވެސް އެޓީމު ބަލިވީ ސީދާ ދެ ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓް 15 ލަނޑުގެ ފަރަގަކާއެކު 17-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން ރޯޔަލްސް ސިޓީ ކާމިޔާބުކުރިއިރު، ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ 14 ޕޮއިންޓްގެ ލީޑަކާއެކު 18-4 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރޯޔަލްސް ސިޓީގެ ވިޝާން އަބްދުލް މަޖީދު އެވެ.

މިނަތީޖާއެކު ކުޅުނު ތިން މެޗުން ރޯޔަލްސް ސިޓީއަށް ފަސް ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ތިންވަނައިގައެވެ. އަދި މިމެޗުން ބަލިވި ބީސްޓް ސްޕޯޓްސް ކުލަބު ކުޅުނު ތިން މެޗުން ވެސް ބަލިވެފައިވާއިރު، ބާކީ އެއްމެޗު އޮއްވައި އެޓީމު ވަނީ މުބާރާތުން ކަޓާފައެވެ.

01 އޮގަސްޓް 2024 އިން 03 އޮގަސްޓް 2024 އަށް، ކުޑަހުވަދޫ ސްޕޯޓްސް ކުލަބާއި ހޭންޑްބޯޅަ މޯލްޑިވްސް ގުޅިގެން، މުޅި ރާއްޖެއަށް ހުޅުވާލައިގެން ދ.ކުޑަހުވަދޫގައި ބާއްވާ މި މުބާރާތުގެ ފިރިހެން ޑިވިޝަނުގައި މިއަހަރު ފަސް ޓީމު ބައިވެރިވެފައިވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ބައިވެރިވި ފަސް ޓީމުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ، ލީގު ބުރުގެ އެއްވަނަ ހޯދާ ޓީމު ފައިނަލަށް ހޮވޭގޮތަށެވެ.

ފައިނަލުގެ ދެވަނަ ޖާގަ ލިބިގެންދާނީ ލީގު ބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމުގެ މެދުގައި ސެމީ ފައިނަލް މެޗެއް ކުޅެ އެމެޗުން މޮޅުވާ ޓީމަކަށެވެ. މީގެ އިތުރުން މި މުބާރާތަކީ ކުޑަހުވަދޫގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހް ދިރުވައި އާލާކުރުމުގެ އިތުރުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމައްޓަކައި ކުޅިވަރުގެ ތެރެއިން ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމާއިއެކު ވާދަވެރި މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި 2023 ވަނަ އަހަރުން ފެށިގެން ކުޑަހުވަދޫ ސްޕޯޓްސް ކުލަބުން ބާއްވަމުން އަންނަ މުބާރާތެކެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކަށް ބީޗު މާޓް ހަމަޖައްސާފައިވައިރު، ކޯ ސްޕޮންސަރ އަކީ އެނޮކްސް ޕަރައިވެޓް ލިމިޓެޑެވެ. އަދި މީޑިއާ ޕާޓްނަތަކީ ގާފު ސްޕޯޓްސް އެވެ. މީގެ އިތުރުން މުބާރާތުގެ ހުރިހާ މެޗެއްގެ މޮޅު ކުޅުންތެރިޔާގެ އިނާން ސްޕޮންސަރ ކޮއްފައިވަނީ ޓޫލް އެމްވީގެ ފަރާތުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ