logoEN
cocacola
ބީޗު ހޭންޑްބޯޅަ 2024:  ޒޯރު އެސްސީ ބަލިކޮށް ފެމެލީ ބޭކާސް އިން  ފައިނަލްގެ ފުރުސަތު  ބޮޑުކޮށްފި

ބީޗު ހޭންޑްބޯޅަ 2024: ޒޯރު އެސްސީ ބަލިކޮށް ފެމެލީ ބޭކާސް އިން ފައިނަލްގެ ފުރުސަތު ބޮޑުކޮށްފި

ހަސަން ޝަމްއޫން

logo

8/2/2024, 7:36:19 PM

# ކުޑަހުވަދޫ ސްޕޯޓްސް ކުލަބް# ބީޗު ހޭންޑްބޯޅަ ޓޯނަމެންޓް # ހޭންޑްބޯލް މޯލްޑިވްސް# ދިވެހި ކުޅިވަރު

ޒޯރު ސްޕޯޓްސް ކުލަބާއި ފެމެލީ ބޭކާސް ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ހޭންޑްބޯޅަ ނޭޝަން

ކުޑަހުވަދޫގައި މިހާރު ކުރިއަށްދާ "ދެވަނަ ބީޗުމާޓް ބީޗު ހޭންޑްބޯޅަ މުބާރާތް 2024" ގެ ފިރިހެން ޑިވިޝަނުގައި ކުޅުދުއްފުށި ސީޓީގެ ފެމެލީ ބޭކާސް އާއި ކުޑަހުވަދޫ ޒޯރު ސްޕޯޓްސް ކުލަބު ވާދަކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކޮށް ފެމެލީ ބޭކާސް ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފި އެވެ.

ގޮސިޔާ

މުބާރާތުގައި ފެމެލީ ބޭކާސް ކުޅުނު ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު ސީދާ ދެ ސެޓުން ބީސްޓް ސްޕޯޓްސް ކުލަބު އަތުން މޮލުވިއިރު، ދެވަނަ މެޗުގައި އެޓީމުން ވަނީ ފަސޭހަކަމާއެކު ސީދާ ދެ ސެޓުން ޒޯރު ޖޫނިއަރސް ބަލިކޮށްފައެވެ. އަދި ޒޯރު އެސްސީގެ ފުރަތަމަ މެޗުގައި، 2-1 ގެ ނަތީޖާއަކުން ރޯޔަލްސް ސިޓީ އަތުން މޮޅުވިއިރު، ބީސްޓް އެސްސީ އަދި ޒޯރު ޖޫނިއަރސް އާއި ދެކޮޅަށް ކުޅުނު ދެމެޗުވެސް އެޓީމުން ކާމިޔާބުކޮށްފައި ވަނީ ސީދާ ދެސެޓުންނެވެ.

ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓް ފަސް ލަނޑުގެ ފަރަގަކާއެކު 11-6 ގެ ނަތީޖައަކުން ފެމެލީ ބޭކާސް ކާމިޔާބުކުރިއިރު، ދެވަނަ ސެޓު އެޓީމުން ކާމިޔާބުކުރީ އަށް ޕޮއިންޓްގެ ލީޑަކާއެކު 21-13 ގެ ނަތީޖައަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފެމެލީ ބޭކާސްގެ ޝަމްނޫޒް މުހައްމަދު އެވެ. އޭނާ ވަނީ މިމެޗުގައި އެޓީމަށް 12 ލަނޑު ކާމިޔާބުކޮށްދީފައެވެ.

މިނަތީޖާއެކު ކުޅުނު ތިން މެޗުން މޮޅުވެ ފެމެލީ ބޭކާސްއަށް ހަ ޕޮއިންޓް ލިބިފައިވާއިރު، އެޓީމު ލަނޑުގެ ތަފާތުން މިވަގުތު އޮތީ ލީގު ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ޒޯރު ސްޕޯޓްސް ކުލަބަށް ހަތަރު މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ.

01 އޮގަސްޓް 2024 އިން 03 އޮގަސްޓް 2024 އަށް، ކުޑަހުވަދޫ ސްޕޯޓްސް ކުލަބާއި ހޭންޑްބޯޅަ މޯލްޑިވްސް ގުޅިގެން، މުޅި ރާއްޖެއަށް ހުޅުވާލައިގެން ދ.ކުޑަހުވަދޫގައި ބާއްވާ މި މުބާރާތުގެ ފިރިހެން ޑިވިޝަނުގައި މިއަހަރު ފަސް ޓީމު ބައިވެރިވެފައިވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ބައިވެރިވި ފަސް ޓީމުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ، ލީގު ބުރުގެ އެއްވަނަ ހޯދާ ޓީމު ފައިނަލަށް ހޮވޭގޮތަށެވެ.

ފައިނަލުގެ ދެވަނަ ޖާގަ ލިބިގެންދާނީ ލީގު ބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމުގެ މެދުގައި ސެމީ ފައިނަލް މެޗެއް ކުޅެ އެމެޗުން މޮޅުވާ ޓީމަކަށެވެ. މީގެ އިތުރުން މި މުބާރާތަކީ ކުޑަހުވަދޫގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހް ދިރުވައި އާލާކުރުމުގެ އިތުރުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމައްޓަކައި ކުޅިވަރުގެ ތެރެއިން ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމާއިއެކު ވާދަވެރި މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި 2023 ވަނަ އަހަރުން ފެށިގެން ކުޑަހުވަދޫ ސްޕޯޓްސް ކުލަބުން ބާއްވަމުން އަންނަ މުބާރާތެކެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކަށް ބީޗު މާޓް ހަމަޖައްސާފައިވައިރު، ކޯ ސްޕޮންސަރ އަކީ އެނޮކްސް ޕަރައިވެޓް ލިމިޓެޑެވެ. އަދި މީޑިއާ ޕާޓްނަތަކީ ގާފު ސްޕޯޓްސް އެވެ. މީގެ އިތުރުން މުބާރާތުގެ ހުރިހާ މެޗެއްގެ މޮޅު ކުޅުންތެރިޔާގެ އިނާން ސްޕޮންސަރ ކޮއްފައިވަނީ ޓޫލް އެމްވީގެ ފަރާތުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ