logoEN
cocacola
ބީޗު ހޭންޑްބޯޅަ 2024:  ޒޯރު ޖޫނިއަރސް އަތުން ރޯޔަލް ސިޓިއަށް އުނދަގޫ މޮޅެއް

ބީޗު ހޭންޑްބޯޅަ 2024: ޒޯރު ޖޫނިއަރސް އަތުން ރޯޔަލް ސިޓިއަށް އުނދަގޫ މޮޅެއް

ހަސަން ޝަމްއޫން

logo

8/2/2024, 9:57:42 AM

# ހޭންޑްބޯލް މޯލްޑިވްސް# ދިވެހި ކުޅިވަރު # ކުޑަހުވަދޫ ސްޕޯޓްސް ކުލަބް# ބީޗު ހޭންޑްބޯޅަ ޓޯނަމެންޓް

ޒޯރު ޖޫނިއަރސް އާއި ރޯޔަލް ސިޓީ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ހޭންޑްބޯޅަ ނޭޝަންސް

ކުޑަހުވަދޫގައި މިހާރު ކުރިއަށްދާ "ދެވަނަ ބީޗުމާޓް ބީޗު ހޭންޑްބޯޅަ މުބާރާތް 2024" ގެ ފިރިހެން ޑިވިޝަނުގައި ޒޯރު ޖޫނިއަރސް އާއި ރޯޔަލް ސިޓީ ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ނަތީޖާ ނެރުމަށްޓަކައި ކުޅުނު ޝޫޓްއައުޓް ސެޓް ކާމިޔާބުކޮށް ދެ ސެޓް އެއް ސެޓުން ރޯޔަލް ސިޓީ މޮޅުވެއްޖެއެވެ.

ގޮސިޔާ

މުބާރާތުގައި ރޯޔަލް ސިޓީ ކުޅުނު ފުރަތަމަ މެޗުގައި ޒޯރު ސްޕޯޓްސް ކުލަބު އަތުން ދެ ސެޓް އެއް ސެޓުން އެޓީމު ބަލިވެފައިވާއިރު، ޒޯރު ޖޫނިއަރސްގެ ފުރަތަމަ މެޗުގައި ފެމެލީ ބޭކާސް އަތުން އެޓީމު ބަލިވީ ސީދާ ދެ ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް 7-8 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޒޯރު ޖޫނިއަރސް އެވެ. ނަމަވެސް މެޗުގެ ދެވަނަ ސެޓުގައި ރޯޔަލް ސިޓީން ވަނީ އެޓީކުގެ ކުޅުން ރަނގަޅު އެޓޭކުތައް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ފަސް ފޮއިންޓްގެ ފަރަގަކާއެކު އެޓީމުން މިސެޓް ކާމިޔާބުކުރީ 11-6 ގެ ނަތީޖާއަކުންނެވެ.

މިއާއެކު މެޗުގެ ނަތީޖާނެރުމަށްޓަކައި ކުޅެވުނު ސެޓު 6-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރޯޔަލް ސިޓީން މެޗު ކާމިޔާބުކުރީ ދެ ސެޓް އެއް ސެޓުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރޯޔަލް ސިޓީގެ މުހައްމަދު އަލްހާން ފައިސަލްއެވެ. އޭނާ ވަނީ މިމެޗުގައި އެޓީމަށް ނުވަ ލަނޑު ކާމިޔާބުކޮށްފައެވެ.

މިނަތީޖާއެކު ކުޅުނު ދެ މެޗުން ރޯޔަލް ސިޓީއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި ޒޯރު ޖޫނިއަރސަ ކުޅުނު ދެމެޗުން ލިބުނު އެއް ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ބުރުގެ ހަތަރުވަނައިގައެވެ.

01 އޮގަސްޓް 2024 އިން 03 އޮގަސްޓް 2024 އަށް، ކުޑަހުވަދޫ ސްޕޯޓްސް ކުލަބާއި ހޭންޑްބޯޅަ މޯލްޑިވްސް ގުޅިގެން، މުޅި ރާއްޖެއަށް ހުޅުވާލައިގެން ދ.ކުޑަހުވަދޫގައި ބާއްވާ މި މުބާރާތުގެ ފިރިހެން ޑިވިޝަނުގައި މިއަހަރު ފަސް ޓީމު ބައިވެރިވެފައިވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ބައިވެރިވި ފަސް ޓީމުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ، ލީގު ބުރުގެ އެއްވަނަ ހޯދާ ޓީމު ފައިނަލަށް ހޮވޭގޮތަށެވެ.

ފައިނަލުގެ ދެވަނަ ޖާގަ ލިބިގެންދާނީ ލީގު ބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމުގެ މެދުގައި ސެމީ ފައިނަލް މެޗެއް ކުޅެ އެމެޗުން މޮޅުވާ ޓީމަކަށެވެ. މީގެ އިތުރުން މި މުބާރާތަކީ ކުޑަހުވަދޫގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހް ދިރުވައި އާލާކުރުމުގެ އިތުރުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމައްޓަކައި ކުޅިވަރުގެ ތެރެއިން ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމާއިއެކު ވާދަވެރި މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި 2023 ވަނަ އަހަރުން ފެށިގެން ކުޑަހުވަދޫ ސްޕޯޓްސް ކުލަބުން ބާއްވަމުން އަންނަ މުބާރާތެކެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކަށް ބީޗު މާޓް ހަމަޖައްސާފައިވައިރު، ކޯ ސްޕޮންސަރ އަކީ އެނޮކްސް ޕަރައިވެޓް ލިމިޓެޑެވެ. އަދި މީޑިއާ ޕާޓްނަތަކީ ގާފު ސްޕޯޓްސް އެވެ. މީގެ އިތުރުން މުބާރާތުގެ ހުރިހާ މެޗެއްގެ މޮޅު ކުޅުންތެރިޔާގެ އިނާން ސްޕޮންސަރ ކޮއްފައިވަނީ ޓޫލް އެމްވީގެ ފަރާތުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ