logoEN
cocacola
ބީޗު ހޭންޑްބޯޅަ 2024: ވާދަވެރި ކުޅުމަކަށްފަހު ޒޯރު ވިމެންސް އިން  ޗެންޕިއަން ކުޑަ ގޮހޮޑާ ބަލިކޮށްފި

ބީޗު ހޭންޑްބޯޅަ 2024: ވާދަވެރި ކުޅުމަކަށްފަހު ޒޯރު ވިމެންސް އިން ޗެންޕިއަން ކުޑަ ގޮހޮޑާ ބަލިކޮށްފި

ހަސަން ޝަމްއޫން

logo

8/2/2024, 8:36:44 AM

# ބީޗު ހޭންޑްބޯޅަ ޓޯނަމެންޓް # ކުޑަހުވަދޫ ސްޕޯޓްސް ކުލަބް# ހޭންޑްބޯލް މޯލްޑިވްސް# ދިވެހި ކުޅިވަރު

ކުޑަ ގޮހޮޑާއާއި ޒޯރު ވިމެންސް ވާދަކުރި މެޗުގެ ތެރެއިން .. ފޮޓޯ: ހޭންޑްބޯޅަ ނޭޝަންސް

ކުޑަހުވަދޫގައި މިހާރު ކުރިއަށްދާ "ދެވަނަ ބީޗުމާޓް ބީޗު ހޭންޑްބޯޅަ މުބާރާތް 2024" ގެ އަންހެން ޑިވިޝަންގައި މިއަދު ހެނދު އެންމެ ފަހުގެ ޗެންޕިއަން ކުޑަ ގޮހޮޑާއާއި ޒޯރު ވިމެންސް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު ދެ ސެޓް އެއް ސެޓުން ޒޯރު ވިމެންސް ކާމިޔާބުކޮށްފިއެވެ.

ގޮސިޔާ

މުބާރާތުގައި ކުޑަ ގޮހޮޑާ ކުޅުނު ފުރަތަމަ މެޗުގައި ކުޑަހުވަދޫ ސްޕޯޓްސް އެކަޑަމީ އަތުން ސީދާ ދެސެޓުން މޮޅުވެފައިވާއިރު، ޒޯރު ވިމެންސްގެ ފުރަތަމަ މެޗުގައި އެޓީމުން ވަނީ ފަސޭހަކަމާއެކު ސީދާ ދެ ސެޓުން އޭއެލްޓީ ބަލިކޮށްފައެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ދެ ލަނޑުގެ ފަރަގަކާއެކު 5-3 ގެ ނަތީޖާއަކުން މި ސެޓް ކާމިޔާބުކުރީ ޒޯރު ވިމެންސް އެވެ. ނަމަވެސް ޖެހިގެންއައި ދެވަނަ ސެޓުގައި ކުޑަ ގޮހޮޑާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިސެޓް އެޓީމުން ކާމިޔާބުކުރީ ވަރަށް ވާދަވެރި ކުޅުމަކަށްފަހު 5-6 ގެ ނަތީޖާއަކުންނެވެ.

މިއާއެކު މެޗުގެ ނަތީޖާނެރުމަށްޓަކައި ކުޅުނު ޝޫޓްއައުޓް 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޒޯރު ވިމެންސް މެޗު ކާމިޔާބުކުރީ ދެ ސެޓް އެއް ސެޓުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޒޯރު ވިމެންސްގެ އައިޝަތު ޝައިބާ އެވެ. އޭނާ ވަނީ މިމެޗުގައި އެޓީމަށް ހަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

މިނަތީޖާއެކު ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަތަރު ޕޮއިންޓާއެކު ލީގު ބުރުގެ އެއްވަނާގައި މިވަގުތު އޮތީ ޒޯރު ވިމެންސް އެވެ. އަދި މިމެޗުން ބަލިވި ކުޑަ ގޮހޮޑާއަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ބުރުގެ ދެވަނައިގައެވެ.

01 އޮގަސްޓް 2024 އިން 03 އޮގަސްޓް 2024 އަށް، ކުޑަހުވަދޫ ސްޕޯޓްސް ކުލަބާއި ހޭންޑްބޯޅަ މޯލްޑިވްސް ގުޅިގެން، މުޅި ރާއްޖެއަށް ހުޅުވާލައިގެން ދ.ކުޑަހުވަދޫގައި ކުރިއަށްދާ މި މުބާރާތުގެ އަންހެން ޑިވިޝަނުގައި މިއަހަރު ހަތަރު ޓީމު ބައިވެރިވެފައިވާއިރު، މި ޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ބައިވެރިވި ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ، އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.

މީގެ އިތުރުން މިމުބާރާތަކީ ކުޑަހުވަދޫގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހް ދިރުވައި އާލާކުރުމުގެ އިތުރުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމައްޓަކައި ކުޅިވަރުގެ ތެރެއިން ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމާއިއެކު ވާދަވެރި މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި 2023 ވަނަ އަހަރުން ފެށިގެން ކުޑަހުވަދޫ ސްޕޯޓްސް ކުލަބުން ބާއްވަމުން އަންނަ މުބާރާތެކެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކަށް ބީޗު މާޓް ހަމަޖައްސާފައިވައިރު، ކޯ ސްޕޮންސަރ އަކީ އެނޮކްސް ޕަރައިވެޓް ލިމިޓެޑެވެ. އަދި މީޑިއާ ޕާޓްނަތަކީ ގާފު ސްޕޯޓްސް އެވެ. މީގެ އިތުރުން މުބާރާތުގެ ހުރިހާ މެޗެއްގެ މޮޅު ކުޅުންތެރިޔާގެ އިނާން ސްޕޮންސަރ ކޮއްފައިވަނީ ޓޫލް އެމްވީގެ ފަރާތުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ