
--
މެދުއިރުމަތީގެ މަޝްރަހު ހޫނުވެފައި ވަނިކޮށް އެމެރިކާ އަސްކަރިއްޔާގެ ޖާސޫސީ މަތިންދާބޯޓެއް އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަން ހާމަވެއްޖެ އެވެ.

އަލް ޖަޒީރާއިން ރިޕޯޓު ކުރާގޮތުގައި ސީރިއާ، ލުބްނާން އަދި އިސްރާއީލުގެ އައްސޭރިފަށުން ދަތުރުކުރި އެމެރިކާގެ ނޭވީ ރިކޮނިސެންސް މަތިންދާބޯޓެއް ގެ މައުލޫމާތު ފްލައިޓް ޓްރެކިން ސާވިސް ފްލައިޓް ރާޑާ24 އިން ވަނީ ރެކޯޑުކޮށްފައި އެވެ.
އެގޮތުން އެމަތިންދާބޯޓު ހަތަރު ގަޑިއިރަށް ވުރެ ގިނަ އިރު ވަންދެން އެސަރަހައްދުގައި ހަރަކާތްތެރިވެފައިވާކަން ވަނީ ހާމަވެފައި އެވެ.
އަލްޖަޒީރާގެ ފެކްޓް ޗެކިން އެޖެންސީ، ސަނާޑުން ކަށަވަރުކޮށްދިން ނެވިގޭޝަނަލް ޑޭޓާއިން ފެންނަ ގޮތުގައި ގްރީސްގެ ރަށެއް ކަމަށްވާ ކްރީޓްގެ ޗަނިއާ އެއާޕޯޓުން އީޕީ-3އީ އެރީޒް 2 އޮރިއަން އިޒްރޭލުގެ އައްސޭރިފަށަށް އައީ މިއަދު ލުބުނާނުގެ ގަޑިން ހެނދުނު 10:00 ހާއިރު އެވެ.
މި މަތިންދާބޯޓުން ޓެކްޓިކަލް އިންޓެލިޖެންސް އެއްކޮށް ކޮމާންޑަރުންނަށް ގާތްގަނޑަކަށް ވަގުތުން އެމައުލޫމާތު ފޯރުކޮށްދެއެވެ.
ބޭރުގެ އެހެނިހެން ރިޕޯޓުތައް ބުނާގޮތުގައި މި މަތިންދާބޯޓަކީ އިޒްރޭލަށް އިންޓެލިޖެންސް މައުލޫމާތު ފޯރުކޮށްދޭ ބޯޓެކެވެ.
އެމެރިކާގެ ފުރިހަމަ ތާއީދު އޮތް އިޒްރޭލުން މިވަނީ އިރާނުގެ ވެރިރަށަށާއި ލުބުނާނުގެ ވެރިރަށަށް ވޭތުވެދިޔަ 48 ގަދިއިރުގެ ތެރޭގައި ހަމަލާދީފައި އެވެ. އެގޮތުން އިރާނުގެ ތެހެރާނަށް ދިން ހަމަލާގައި ހަމާސްގެ ލީޑަރު އަދި ފަލަސްތީނުގެ ކުރީގެ ބޮޑުވަޒީރު ހަނިއްޔާ އަވަހާރަކޮށްލި އިރު ލުބުނާނުގެ ބެއިރޫތަށް ދިން ހަމަލާއެއްގައި ވަނީ ހިޒްބުالله ގެ އިސް ކޮމާންޑަރެއް ކަމަށްވާ ފުއާދު ޝުކުރު އަވަހާރަކޮށްލާފައި އެވެ.
ގުޅުންހުރި

ޓްރަމްޕު އެމެރިކާގެ ވެރިކަމާއި ހަވާލުވުން މިރޭ!

ލޮސް އެންޖަލިސް އަދިވެސް އަނދަނީ, މަރުވި މީހުންގެ އަދަދު 10 އަށް!

ފިލިޕީންސާއި އެމެރިކާއިން ޗައިނާއާ ދެކޮޅަށް އަސްކަރީ އިންޓެލިޖެންސް ހިއްސާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
