
-
މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ޒަކާތު ފަންޑުން 648 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ޒަކާތު ހައުސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޒަކާތު ހައުސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު, މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ޒަކާތު ފަންޑުން 648 މީހަކަށް އެހީދިނުމަށް ޖުމްލަ 15.74 މިލިޔަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
ޒަކާތު ފަންޑުން އެންމެ ބޮޑު އެހީއެއް ފޯރުކޮށްދީފައިވަނީ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށެވެ. އެގޮތުން ފުދުންތެރިކަން ނެތް 10 ކުދިންނަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް 10 މިލިއަން ރުފިޔާގެ އެހީ ދޫކޮށްފައިވެ އެވެ.
މީގެ އިތުރުން ކެންސަރު ބަލީގެ ފަރުވާ އަށް 1.7 މިލިޔަން ރުފިޔާ، ސިކުނޑީގެ އޮޕަރޭޝަންތަކަށް 4.7 ލައްކަ ރުފިޔާ، ހިތުގެ އޮޕަރޭޝަންތަކަށް 2.7 ލައްކަ ރުފިޔާ، ޓްރާންސްޕްލާންޓް ދެ ލައްކަ ރުފިޔާ، ކިޑްނީ ބަލިތަކަށް 1.8 ލައްކަ ރުފިޔާ، ހަށިގަނޑުން ބައެއް ފިހުން 1.6 ލައްކަ ރުފިޔާ އަދި ނިއުމޯނިއާ އަށް ފަރުވާ ހޯދަން އެއް ލައްކަ ރުފިޔާގެ އެހީ ދީފައިވެ އެވެ.
މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ޚާއްސަ ޙާލަތްތައް މެދުވެރިވެގެން ޙާލުގައި ޖެހޭ ފަރާތްތަކަށް ޒަކާތު ފަންޑުން 29،957ރ. ވަނީ ދީފައެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް 484،659ރ. އެހީގެ ގޮތުގައި ދީފައިވެއެވެ.
ރާއްޖޭގައި ޒަކާތާބެހޭ ހުރިހާ މަަސައްކަތެއްވެސް މިހާރު ކުރަމުން އަންނަނީ އެކަމަށްޓަކައި އުފައްދާފައިވާ މޯލްޑިވްސް ޒަކާތު ހައުސްގެ ބެލުމުގެ ދަށުންނެވެ.
ގުޅުންހުރި

ހޮނިހިރު ދުވަހުން ފެށިގެން ގޮވާމުން ފިޠުރުޒަކާތް ބަލައިގަންނަން ފަށަނީ

ޒަކާތުގެ އިތުރުން ހެޔޮކަންކަމަށް ހޭދަކުރަން ދެވޭ ފައިސާ ޖަމާކުރެވޭނެ ނިޒާމެއް ގާއިމްކުރަނީ

ރާއްޖޭގައި ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސްތަކާއި މިންގަނޑުތައް އެކުލަވާލައި އާންމުކޮއްފި
