logoEN
cocacola
މިނިސްޓަރު ފައިސަލް އިންޑިއާގެ އޭވިއޭޝަން މިނިސްޓަރާއި ބައްދަލުކުރައްވައިފި

މިނިސްޓަރު ފައިސަލް އިންޑިއާގެ އޭވިއޭޝަން މިނިސްޓަރާއި ބައްދަލުކުރައްވައިފި

އަހުމަދު ޝުރާއު

logo

7/31/2024, 7:41:21 AM

# ރާއްޖެ-އިންޑިއާ

--

އިންޑިއާގެ މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު ޝްރީ ކިންޖަރަޕޫ ރަމަމޯހަން ނައިޑޫއާ ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ބައްދަލުކުރައްވަފިއެވެ.

ގޮސިޔާ

ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވީ މި ބައްދަލުވުމުގައި އިންޑިއާއިން ދިވެހިރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓުމަންޓުތައް ގެނައުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އިންޑިއާގެ މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރާއެކު ބޭއްވި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެއްވީ އެޤައުމުގެ އިތުރު އެއަރލައިންތަކުގެ ސީދާ ދަތުރުތައް ރާއްޖެއަށް ފެށުމާއި، މިހާރުވެސް ދަތުރުތައް ބާއްވާ އެއަރލައިންތަކުން ރާއްޖެއަށް ބާއްވާ ފްލައިޓްތަކުގެ ޢަދަދު އިތުރުކުރުމަށްކަމަށެވެ.

މި ބައްދަލުވުން ކުރިޔަށް ގެންގޮސްފައިވަނީ "ވެލްކަމް އިންޑިއާ" ނަމުގައި އިންޑިއާގެ ދިއްލީ، މުމްބާއި އަދި ބެންގަލޫރުގައި ރާއްޖެ އިޝްތިހާރުކުރުމަށް ބާއްވަމުން ގެންދާ ރޯޑްޝޯގެ ހަވާސާގައެވެ.

"ވެލްކަމް އިންޑިއާ ރޯޑްޝޯ" އަކީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މާޓާޓޯ) އަދި ނޭޝަނަލް ހޮޓެލިއަރސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) ގުޅިގެން ކުރިޔަށްގެންދާ ރޯޑްޝޯއެކެވެ.

މި ރޯޑްޝޯ އަކީ މި ހިނގާ ޖުލައި މަހުގެ 30 ވަނަ ދުވަހުން އޮގަސްޓް 3 އާއި ހަމައަށް އިންޑިޔާގެ ދިއްލީ، މުމްބައި އަދި ބެންގަލޫރުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ރޯޑް ޝޯތަކެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ