logoEN
cocacola
ހަނިއްޔާ އަވަހާރަކޮށްލުން: އިރާނުގެ ސަލާމަތީ ބާރުތަކުން މިކަން ހިނގި ގޮތް ތަހުގީގު ކުރަނީ

ހަނިއްޔާ އަވަހާރަކޮށްލުން: އިރާނުގެ ސަލާމަތީ ބާރުތަކުން މިކަން ހިނގި ގޮތް ތަހުގީގު ކުރަނީ

އަހުމަދު ޝުރާއު

logo

7/31/2024, 4:35:54 AM

# ހަމާސް# ހަނިއްޔާ އަވަހާރަކޮށްލުން

--

ހަމާސްގެ ސިޔާސީ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލި މައްސަލަ ބަލަމުން އަންނަ ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުނެފި އެވެ.

ގޮސިޔާ

ހަނިއްޔާ އަވަހާރަކޮށްލާފައިވަނީ ޔަހޫދީ އިޒްރޭލުގެ ސިފައިން އިރާނުގެ ވެރިރަށް ތެހެރާނުގައި ހުންނަ ހަނިއްޔާ ހުންނަވާ ގެކޮޅަށް ވަދެ ހިންގި އޮޕަރޭޝަނެއްގައި އެވެ. އިރާނުގައި ރިވޮލިއުޝަނަރީ ގާޑުންނާނި ހަމާސްއިން ވެސް ވަނީ ހަނިއްޔާ އަވަހާރަވިކަން ރަސްމީކޮށް އިއުލާނުކޮށްފައެވެ.

މި ކަން ހިނގި ގޮތް އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބަލަން ފަށާފައިވާއިރު މި ކަމުގައި އިރާނުގެ އަތެއް ނުވާކަމަށް އިރާނުގެ ސަރުކާރުގެ އިސް އޮފިޝަލުން ވަނީ ބުނެފައި އެވެ.

މި ހަމަލާދީފައިވަނީ ޔަހުދީން އިރާނުގެ ހުއްދައަކާއި ނުކައި އެގައުމަށް ވަދެ ކަމަށާއި މިކަމާއި ގުޅިގެން އިރާނުން ދާދި އަވަހަށް ބަޔާނެއް ނެރޭނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ހަނިއްޔާ އަވަހާރަކޮށްލުމާއި އެކު މެދި އިރުމަތީގެ މަޝްރަހު އިތުރަށް ހޫނުވެ ކުރިޔަށް ވުރެ ހަމަލާބަދަލުކުރުންތައް އިތުރު ވެގެންދާނެ ކަމަށް ބެލެވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ