ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުގެ ސިޔާސީ ލީޑަރ އިސްމާއީލް ހަނިއްޔާ އަވަހާރަކޮށްލައިފި އެވެ.
އިސްމާއީލް ހަނިއްޔާ އަވަހާރަކޮށްލާފައިވަނީ އީރާނުގެ ރައީސްގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އީރާނުގެ ވެރިރަށް ތެހްރާނަށް ވަޑައިގެން އުޅުއްވަނިކޮށެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޔަހޫދީން ހަނިއްޔާ އަވަހާރަކޮށްލީ އިރާނުގެ ތެހެރާނުގައި ހުންނަ ހަމާސްގެ މައި އިދާރާއަށް ދިން ހަމަލާއެއްގައި އެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ހަމަލާދީފައިވަނީ އެތަނަށް ޔަހޫދީ ސިފައިން ވަދެއެވެ. އަދި އެހެނިހެން ރިޕޯޓުތައް ބުނާ ގޮތުގައި ހަމަލަދީފައިވަނީ ވައިގެ މަގުންނެވެ.
މި ހަމަލާގެ ޒިންމާ ރަސްމީކޮށް އަދި މިހާތަނަށް ޔަހޫދީން ނަގާފައެއް ނުވެއެވެ.
މި ހަމަލާއާއި އެކު ހަމާސްއިން ވަނީ ހަމަލާގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ޔަހޫދީންނަށް ދީފައި އެވެ.