
ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވި ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ސިންގަޕޫރުގެ ރައީސަށް އަރުވައިފި
# ރާއްޖެ - ސިންގަޕޫރު--
ދިވެހިރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ލުވޭޒު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ސިންގަޕޫރުގެ ރައީސް ހިޒް އެކްސަލަންސީ ތަރމަން ޝަންމުގަރަތުނަމް އަށް މިއަދު އަރުވައިފިއެވެ.

މި ރަސްމިއްޔާތު ބާއްވާފައިވަނީ ސިންގަޕޫރުގެ ރިޔާސީ ގަނޑުވަރު، އިސްތާނާގައެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ސިންގަޕޫރުގެ ރައީސް ހިޒް އެކްސަލަންސީ ތަރމަން ޝަންމުގަރަތުނަމް އާ އެ މަނިކުފާނު ބައްދަލުކުރެއްވިއެވެ.
އެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ސިންގަޕޫރުގެ ރައީސަށް ތަހުނިޔާ އާއި ހެޔޮއެދުން އަރިސްކުރެއްވިއެވެ. އަދި ސިންގަޕޫރާއި ދިވެހިރާއްޖެ އާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހިރާއްޖެއިން މަސައްކަތް ކުރަމުންގެންދާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު އެރުވިއެވެ.
ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް މުޙައްމަދު ލުވޭޒު ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވައިފައިވަނީ 7 މޭ 2024 ގައެވެ.
މި ބައްދަލުވުމުގައި ސަފީރު އަރިހުގައި، އެ މަނިކުފާނުގެ އަނބިކަނބަލުން ޚަދީޖާ މުފްލިޙާ ގެ އިތުރުން ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ސެކަންޑް ސެކްރެޓަރީން ކަމުގައިވާ ޢަބްދުالله އަރުހަމް އާއި ޖަލާލާ ސަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.
ގުޅުންހުރި

ރާއްޖެއާއި ސިންގަޕޫރާއި ދެމެދު މުހިންމު ތިން އެއްބަސްވުމެއް!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން އެއްބާރުލުން އިތުރުކުރުމަށް ސިންގަޕޫރާއިއެކު މަޝްވަރާކޮށްފި
.avif&w=3840&q=75)
ބުރަފައްޗެއްގައި ޖެހި ސިންގަޕޫރު ކުއްޖަކު މަރުވި މައްސަލައާއި ގުޅިގެން އެގައުމުގެ ޓީމެއް ރާއްޖޭގައި!
