logoEN
cocacola
ޝަރީޢަތްތައް އަވަސްކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދޭ - އިހްސާން

ޝަރީޢަތްތައް އަވަސްކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދޭ - އިހްސާން

އަހުމަދު ޝުރާއު

logo

7/30/2024, 9:08:34 AM

# ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު

--

ތަޙުޤީޤުތަކާއި ޝަރީޢަތްތައް އަވަސްކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާ ކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔަތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ބައިނަލްއަޤުވާމީ އިންސާނީ ވަޤުފާރިއާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އިންސާނީ ވަގުފާރީގެ މައްސަލަތަކުގެ ޝަރީޢަތްތައް ލަސްވުމަކީ އެކަމުގެ ޝިކާރައަކަށްވާ މީހުންނަށް ލިބޭ ބޭއިންސާފެއް ކަމަށެވެ. އަދި މައްސަލަތައް ސާބިތުވާ މިންވަރު ދަށްނަމަ އެމީހުން އިތުރަށް އިންސާނީ ވަގުފާރިއަށް ހުށައެޅިދާނެދާނެކަމުގެ ބިރު އެބައޮތް ކަމަށް ވަޒީރު ވިދާޅުވިއެވެ.

އިންސާނީ ވަގުފާރީގެ މައްސަލަތައް އަވަސްކުރުމަށް ޕްރޮސިކިޔުޝަން މަރުޙަލާގައި ހުންނަ ކަންކަމާއި، ދަޢުވާ ކުރުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންކަން ހައްލުކުރުމަށް ޤާނޫނުތަކަށް ބަދަލު ގެންނަންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަދި ތަޙުޤީޤުތަކާއި ޝަރީޢަތްތައް އަވަސްކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދެެއްވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގައި މީހުން ޓްރެފިކްކުރުން ހުއްޓުވުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރުމުގެ ގޮތުން މައިގަނޑު ހަތަރު ސިޔާސަތެއް އެކުލަވާލެވި މި ސިޔާސަތުތަކާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގޮތުން ހުށަހަޅާ ސިޔާސަތުގައި އެންމެ ބޮޑަށް އަލިއަޅުވާލާފައިވަނީ ލާމަރުކަޒީ އުސޫލުން ކަމާގުޅުންހުރި މުއައްސަސާތަކުގެ މެދުގައި މި މަސައްކަތަށް ޤާބިލު މީހުން ބިނާކުރުމާއެކު، އެފަރާތްތަކުގެ ބައިވެރިވުން އިތުރުކޮށް، ދިވެހިރާއްޖޭގައި މީހުން ޓްރެފިކްކުރާ ގޮތާއި މިކަމާއި ގުޅުންހުރި އާންމު މަޢުލޫމާތުތަކަށް އާންމުން އަހުލުވެރިކުރުމުގެ މަސައްކަތް އިތުރުކުރުމަށެވެ.

މީހުން ޓްރެފިކިންގއާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ކަމާ ގުޅުންހުރި ޖަމިއްޔާ ޖަމާޢަތްތަކާ ގުޅިގެން ރާއްޖޭގައި މީހުން ޓްރެފިކްކުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތް ހަރުދަނާ ކުރުމަކީ މުހިންމުކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން ޕާޓްނަޝިޕްގެ ތެރެއިން ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، ސަރުކާރު ނޫން ފަރާތްތަކާއި، އަމިއްލަ ފަރާތްތަކާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފަރާތްތަކުގެ މެދުގައި ކޯޑިނޭޝަން ވަރުގަދަކޮށް، މަސައްކަތުގައި އެއްބާރުލުންދިނުމުގެ ޕާތްވޭ ހަރުދަނާކުރަން މިހާރު ވަނީ ނިންމާފައެވެ.

މި ރަސްމިއްޔާތުގައި ކުށް ރިޕޯޓުކުރެވޭނެ ޚާއްސަ ފޯން ލައިނެއް ވަނީ އިފްތިތާޙްކޮށްފައެވެ. މި ފޯން ލައިންގެ ނަންބަރަކީ 9193939އެވެ.

ކޮންމެ އަހަރަކުވެސް ބައިނަލްއަޤުވާމީ ގޮތުން އިންސާނީ ވަޤުފާރިއާ ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޖުލައި މަހުގެ 30 ވަނަ ދުވަހުއެވެ. މި ދުވަހާ ގުޅިގެން މިއަހަރު ކަނޑައަޅާފައިވާ ޝިޢާރަކީ "މީހުން އިންސާނީ ވަގުފާރިކުރުން ހުއްޓުވުމަށްކުރާ މަސައްކަތުގައި އެއްވެސް ކުޑަކުއްޖަކު އިސްތިސްނާ ނުކުރުން" އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ