logoEN
cocacola
އެމްއެމްއޭގެ ގަވަރުނަރަކަށް މުނައްވަރު އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

އެމްއެމްއޭގެ ގަވަރުނަރަކަށް މުނައްވަރު އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

އަހުމަދު ޝުރާއު

logo

7/30/2024, 9:02:13 AM

# އެމްއެމްއޭ

--

ރާއްޖޭގެ މަރުކަޒީ ބޭންކުގެ އިސްވެރިޔަކަށް/ގަވަރުނަރަކަށް ކުރީގެ ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ގޮސިޔާ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފިނޭންސ މިނިސްޓަރުކަން ކުރެއްވި މުނައްވަރު ގަވަރުނަރު ކަމަށް އައްޔަން ކުރުމާ ގުޅޭ ގޮތުން މަޖިލިހުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 78 މެމްބަރުން ވެސް ވޯޓު ދެއްވީ ފެންނަ ކަމަށެވެ. މަޖިލީހުގައި 85 މެންބަރުން ހާޒިރުވެ ތިއްބެވި ނަމަވެސް އިތުރު މެންބަރުން ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

މަޖިލީހުގެ ތަޅުމުން މުނައްވަރަށް ރުހުން ދިނީ ގަވަރުނަރުގެ މަގާމަށް މުނައްވަރު އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފާސްކުރުމާއި އެކު ގައި އެވެ.

ބެލެވޭ ގޮތުގައި މިއަދުގެ ވަގުތެއްގައި އެމްއެމްއޭގެ ގަވަރުނަރަކަށް ރައީސް މުއިއްޒު މުނައްވަރު އައްޔަނުކުރައްވާނެއެވެ;

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުގައި ހުންނެވި ޢަލީ ހާޝިމް އެ މަޤާމުން ރައީސް ޑރ. މުޢިއްޒު ވަކިކުރައްވާފައިވަނީ ޤާނޫނު ނަންބަރު 81/6 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގެ ދަށުން ރައްޔިތުން މަޖިލީހުން މަޝްވަރާދެއްވާފައިވާތީއެވެ. ގަވަނަރުގެ މަގާމަށް އަލީ ހާޝިމް ގާބިލު ނޫންކަމަށް ނިންމައި އޭނާ މަގާމުން ވަކި ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ހޯމަ ދުވަހުގައެވެ.

އެ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ދިރާސާކުރުމަށްފަހު މާލިއްޔަތު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު ވަނީ ތަޅުމަށް ހުށަހަޅާ ބަހުސް ކޮށްފައެވެ. ކޮމިޓީން ވެސް ކޮމިޓީގެ އިއްތިފާގުން ނިންމާފައިވަނީ ހާޝިމް އެ މަގާމުން ވަކިކުރުމަށެވެ. އެގޮތުން އެ ރިޕޯޓު ހޯމަ ދުވަހު މަޖިލީހުން ފާސްކުރީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެންބަރުންގެ ތެރެއިން 63 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެކަމާ ދެކޮޅަށް ނުވަ މެންބަރަކު ވޯޓުދެއްވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ