logoEN
cocacola
ތިނަދޫ ފެން ޕްލާންޓަށް ދިމާވި މައްސަލަ ވަގުތީގޮތުން ހައްލުކޮށްފި

ތިނަދޫ ފެން ޕްލާންޓަށް ދިމާވި މައްސަލަ ވަގުތީގޮތުން ހައްލުކޮށްފި

އަލްފާ އަލީ

logo

7/30/2024, 6:51:10 AM

# ތިނަދޫ ސިޓީ# ފެނަކަ ކޯޕަރޭޝަން

-

ތިނަދޫ ސިޓީގެ ފެން ޕްލާންޓަށް ދިމާވި މައްސަލައަށް ވަގުތީ ހައްލެއް ގެނެސްފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަން އިން ބުނެފި އެވެ.

ގޮސިޔާ

ފެނަކައިން ބުނީ ތިނަދޫ ސިޓީގެ ފެންޕްލާންޓަށް ދިމާވި ޓެކްނިކަލް މައްސަލަ ވަގުތީގޮތުން ޙައްލުކޮށް، ޕްލާންޓް އޮޕަރޭޝަނަށް ގެނެވި ފެން އުފައްދަން ފަށާފައިވާކަމަށެވެ.

އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް އެކުންފުނީގެ ޓެކްނިކަލް ޓީމުން ކުރަމުންއަންނަކަމަށް ފެނަކައިން އިން ވަނީ ބުނެފައެވެ. އަދި މި މަސަައްކަތް ކުރިއަށްދާއިރު، ބައެއް ގަޑިތަކުގައި ފެނުގެ ޚިދުމަތް މެނދުކެނޑުމަކީ އެކަށީގެންވާކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

ތިނަދޫ ފެން ޕްލާންޓަށް މައްސަލަ ޖެހި, ފެންލިބުން ދަތިވެގެން ދިޔައީ ޖޫން މަހުން ފެށިގެންނެވެ. މި މައްސަލަ ހައްލުކުރެވެންދެން ތިނަދޫއަށް ފެން އުފައްދާ ދޯންޏެއް ގެންދިޔަ ނަމަވެސް ބޭނުންވާ ކެޕޭސިޓީއާ އެއްވަރަށް ފެން ނުއުފެއްދޭތީ ދޭތެރެދޭތެރެއިން ފެނުގެ ހިދުމަތް މެދުކަނޑާލައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ