logoEN
cocacola
ސެންޓްރަލް މައި ޖަލު އިމާރާތްކުރަނީ އުތުރު ތިލަފަޅުގަ!

ސެންޓްރަލް މައި ޖަލު އިމާރާތްކުރަނީ އުތުރު ތިލަފަޅުގަ!

އަހުމަދު ޝުރާއު

logo

7/29/2024, 6:45:13 PM

# އުތުރުތިލަފަޅު# ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު

އުތުރު ތިލަފަޅު: ފޮޓޯ: އަދަދު

ކުށްވެރިން ބަންދުކުރަން އުތުރު ތިލަފަޅުގައި ޖަލެއް އިމާރާތްކޮށް، އެހެން ހުރިހާ ޖަލުތަކެއް ބަންދުކުރަން ނިންމާފައިވާ ކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔަތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ގޮސިޔާ

މިނިސްޓަރު މިފަދައިން ވިދާޅުވީ ރާއްޖޭގެ ނޫހެއް ކަމަށްވާ "މިހާރު" ނޫހަށް މިހަފްތާގައި ދެއްވި އިންޓަވިއުއެއްގައި އެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ މާފުށީ ޖަލާއި ހިންމަފުށި އަދި ހުޅުމާލެ ޖަލު އުވާލައި މައި އެއް ޖަލު ހެދުން ކަމަށާއި އެތަން ގާއިމްކުރަން، ސިފައިންގެ ދަށުގައި އޮންނަ އުތުރު ތިލަފަޅު ހަމަޖައްސާފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި އުތުރު ތިލަފަޅުގައި ހަދާ ސެންޓްރަލް ޖަލުގެ ޖާގައަކީ 3،000 މީހުންނެވެ. ޖަލުގައި އެހާ ބައިވަރު މީހުން ބަންދުކޮށްގެން ގެންގުޅުމަކީ އުއްމީދުކުރާ ކަމަކަށް ނުވިއަސް ރަނގަޅު ކަރެކްޝަނަލް ފެސިލިޓީއަކާއެކު މީހުން އަނބުރާ މުޖުތަމައުއަށް ނެރުމަށް މަސައްކަތްކުރަންޖެހޭކަން މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ސެންޓްރަލް ޖަލު ކުރެހުމުގެ މަސައްކަތް ކުރަމުން އަންނައިރު އަލަށް ހަދާ މައި ޖަލުގައި މެންޓަލް ކެއާ ފެސިލިޓީ ހުންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސެންޓްރަލް ޖަލު އިމާރާތްކޮށް އެތަނަށް ކުށްވެރިން ބަދަލުކުރެވުމުން، ޖަލަށް ފޯނާއި މަސްތުވާތަކެތި ވެއްދުން ކޮންޓްރޯލްވެގެންދާނެއެވެ.

ވަޒީރު ވިދާޅުވީ މިހާރު ހުރި ޖޭމަރުތައް ޖައްސައިފި ނަމަ ސެލް ޓަވަރުތައް އެއްކޮށް ބްލޮކްވާ ކަމަށެވެ. އޭގެ އުނދަގޫ އާއްމުންނަށް ވެސް ފޯރާތީ ޓާގެޓްކުރާ ވަކިތަނެއް ޖޭމް ކުރެވޭނެ ގޮތެއް ހޯދަމުން އަންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ