
ދުނިޔޭގެ އެންމެ މަތީފެންވަރުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވި ނަމަވެސް ދީމާގެ ފަރާތުން ފެނުނީ ވަރަށް އުންމީދީ ކުޅުމެއް
# ޓޭބަލް ޓެނިސް# ފާތިމަތު ދީމާ އަލީފާތިމަތު ދީމާ އަލީ
ދުނިޔޭގެ އެންމެ ޝަރަފުވެރި ކުޅިވަރު މުބާރާތް އޮލިމްޕިކްސްގައި ރާއްޖޭގެ ޒުވާން ހުނަރުވެރި ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ކުޅުނު ފުރަތަމަ މެޗުގައި ޕޮލެންޑްގެ ތަޖުރިބާކާރު ކުޅުންތެރިޔާ ވެގްޒީން ކަޓާޒީނާ އަތުން ބަލިވި ނަމަވެސް މިމެޗުގައި ދީމާގެ ފަރާތުން ފެނިގެންދިޔައީ ވަރަށް އުންމީދީ ކުޅުމެކެވެ.

ދެކުނު އޭޝިއާ ކޮލިފައިން މުބާރާތް ކާމިޔާބުކޮށް އޮލިމްޕިކްސް އަށް ކޮލިފައިވި ރާއްޖޭގެ ފުރަތަމަ އެތުލީޓް، ދީމާ މިއަދު ކުޅުނު މެޗަކީ އޮލިމްޕިކްސްގެ ޓޭބަލް ޓެނިސްގެ ގުރޫޕް ސްޓޭޖަށް ކޮލިފައިވުމަށް ކުޅުނު ޕްރިލިމިނަރީ ބުރުގެ މެޗެވެ. އަދި މި މެޗުން ބަލިވުމުން ގުރޫޕް ސްޓޭޖަށް ކޮލިފައި ވުމުގެ ފުރުސަތު ދީމާ އަށް ވަނީ ގެއްލިފައެވެ.
ޕޮލެންޑްގެ ތަޖުރިބާކާރު ކުޅުންތެރިޔާ ވެގްޒީން ކަޓާޒީނާ ކާމިޔާބު ކުރީ ސީދާ ހަތަރު ސެޓުންނެވެ. އަދި އުމުރުން އެންމެ 16 އަހަރު ދީމާ އަށް ފުރަތަމަ ތިން ސެޓުގައި އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނުއިރު، ފުރަތަމަ ދެސެޓް ވެގްޒީން ކާމިޔާބުކުރީ 11-5، 11-5 ގެ ނަތީޖައަކުންނެވެ. އަދި ތިންވަނަ ސެޓް ވެގްޒީން ކާމިޔާބުކުރީ ފަސޭހަކަމާއެކު 2-11 ގެ ނަތީޖާއަކުންނެވެ.
ނަމަވެސް މެޗުގެ ހަތަރުވަނަ ސެޓުގައި ދީމާ ވަނީ ކުޅުން ރަނގަޅުކޮށް ވާދަވެރި މޮޅު ކުޅުމެއް ދައްކައިދީފައެވެ. އަދި މިސެޓް 11-8 ގެ ނަތީޖާއަކުން ވެގްޒީން ކާމިޔާބުކުރި ނަމަވެސް މިސެޓުގައި ދީމާގެ ފަރާތުން ފެނުނު އުންމީދީ ކުޅުމާއެކު، މިކުޅިވަރުގައި ދީމާގެ މުސްތަގުބަލް ފެނިގެންދަނީ ވަރަށް އުޖާލާކޮށެވެ.
ގުޅުންހުރި

ދުނިޔޭގެ އެންމެ މަތީފެންވަރުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވި ނަމަވެސް ދީމާގެ ފަރާތުން ފެނުނީ ވަރަށް އުންމީދީ ކުޅުމެއް
.jpg&w=3840&q=75)
ސައުތު އޭޝިއަން ޖޫނިއާ ޓީޓީ ޗެންޕިއަންޝިޕްގައި ވާދަކުރާ ގައުމީ ޓީމުގެ ކުޅުންތެރިންނާއި ޖަޒީ ހަވާލުކޮށްފި

ގުރޫޕްގެ އެއްވަނަ ހޯދައި ދީމާ ދެވަނަ ބުރަށް
