logoEN
cocacola
ސޯލާ ސިޓީއާއި އެކު  މާލެ ސަރަހައްދަށް ބޭނުންވާ ކަރަންޓުގެ ފަންސާސް އިންސައްތަ ކުޑަވެގެންދާނެ - ރައީސް

ސޯލާ ސިޓީއާއި އެކު މާލެ ސަރަހައްދަށް ބޭނުންވާ ކަރަންޓުގެ ފަންސާސް އިންސައްތަ ކުޑަވެގެންދާނެ - ރައީސް

އަހުމަދު ޝުރާއު

logo

7/27/2024, 7:29:39 AM

# ރައީސް މުއިއްޒު

--

ރާއްޖޭގެ އެސްއީޒެޑްގެ ދަށުން ތަރައްޤީކުރާ ސޯލާ ސިޓީއާއި އެކު މާލެ ސަރަހައްދަށް ބޭނުންވާ ކަރަންޓުގެ އިންސައްތަ ކުޑަވެގެންދާނެ ކަމަށް ރައީސް ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

ރައީސް މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ތެލަށް ކުރާ ޚަރަދު ކުޑަކުރުމަށް ސްޕެޝަލް އިކޮނޮމިކް ޒޯންގެ ދަށުން ސޯލާ ސިޓީއެއް ޤާއިމުކުރުމަށް މިހާރު ޕްރޮޕޯސަލެއް ލިބިފައިވާކަން ފާހަގަކުރައްވައި، އެ މަޝްރޫޢުގެ ތެރެއިން 100 މެގަ ވޮޓްގެ ކަރަންޓު އުފެއްދޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މާލެ ސަރަޙައްދަށް ބޭނުންވަނީ އެންމެ ގިނަވިޔަސް ގާތްގަނޑަކަށް 150 މެގަވޮޓުކަމުގައި ފާހަގަކުރައްވައި، ސޯލާ ސިޓީއެއް ޤާއިމުކުރުމުން މާލެ ސަރަހައްދަށް ބޭނުންވާ ކަރަންޓުގެ ފަންސާސް އިންސައްތަ ކުޑަވެގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން 110 މެގަވޮޓުގެ ކަރަންޓު ހާސިލުވެގެންދާ ޕްރޮޕޯޒަލެއް ލިބިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފުރަތަމަ ހާމަމުރެއްވީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ.

އެސްއީޒެޑްގެ ދަށުން ލިބިފައިވާ ފުރަތަމަ ޕްރޮޕޯޒަލް ކަމަށްވާ 110 މެގަވޮޓުގެ ސޯލާ އަދި ބެޓެރީ ސްޓޯރޭޖްގެ މަޝްރޫއު ބޯޑް އޮފް އިންވެސްޓްމަންޓްސް އިން ދިރާސާކުރަން ފަށާފައިވާ ކަން އެކޮނޮމިކް މިނިސްޓްރީއިން ހާމަކުރީ މިއަަހަރުގެ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހު އެވެ.

މި ސަރުކާރުން ވަނީ އެސްއީޒެޑްގެ ގާނޫނުގެ ތެރެއިން އެންމެ މަދުވެގެން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އިންވެސްޓް ކުރަން ޖެހޭ ގޮތަށް ކަނޑައަޅައި، އިންވެސްޓް ކުރާނެ ނުވަ ދާއިރާއެއް ފާހަގަކޮށްފައިވެއެވެ. އެގޮތުން މެނުފެކްޗަރިން މަސައްކަތްތަކާއި ޓްރާންސްޝިޕްމެންޓް ބަނދަރާއި ޓާޝަރީ ހޮސްޕިޓަލާއި އިންޓަނޭޝަނަލް ފައިނޭންސިން ދާއިރާ އާއި އިޔާދަކުރަނިވި ހަކަތަ ފަދަ ދާއިރާތައް އޭގެ ތެރޭގައި ހިމެނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ