logoEN
cocacola
އިންޑިއާއިން ހަދިޔާކުރި ޑޯނިއާ އަދި ހެލިކަޕްޓަރު ބޭނުންކޮށްގެން ބަލި މީހުން އުފުލުމުގެ ހިދުމަތް އަލުން ފަށައިފި

އިންޑިއާއިން ހަދިޔާކުރި ޑޯނިއާ އަދި ހެލިކަޕްޓަރު ބޭނުންކޮށްގެން ބަލި މީހުން އުފުލުމުގެ ހިދުމަތް އަލުން ފަށައިފި

އަހުމަދު ޝުރާއު

logo

7/27/2024, 7:00:59 AM

# ރާއްޖެ-އިންޑިއާ

--

އިންޑިއާއިން ހަދިޔާކުރި ޑޯނިއާ އަދި ހެލިކަޕްޓަރު ބޭނުންކޮށްގެން ބަލި މީހުން އުފުލުމުގެ ހިދުމަތް އަލުން ފަށައިފި އެވެ.

ގޮސިޔާ

ޑޯނިއާ އަދި ހެލިކަޕްޓަރު ރާއްޖޭގައި ދުއްވުމުގައި ފުރިހަމަ ކޮންޓްރޯލް އޮތް ދިވެހި އަސްކަރިއްޔާއިން މިއަދު ބުނީ އިންޑިއާގެ ސިވިލިއަން ކްރޫންނާއެކު އެ އުޅަނދުތަކުން، ސިއްހީ އަވަސް ފަރުވާ ލިބިދިނުމަށް ބަލި މީހުން އުފުލުމުގެ ހިދުމަތް އަލުން ފަށާފައިވާ ކަމަށެވެ.

މީގެ ކުރިން ޑޯނިއާ އަދި ހެލިކަޕްޓަރުގެ ކްރޫންގެ ގޮތުގައި ރާއްޖޭގައި ހަރަކާތްތެރިވަމުން އައީ އިންޑިއާ އަސްކަރިއްޔާގެ ސިފައިންނެވެ. ނަމަވެސް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމާއި އެކު ސިފައިންތައް ފޮނުވާލުމުގެ މަސައްކަތް ފަށައި މިހާރު ވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން އަނބުރާ ފޮނުވާލާފައި އެވެ. އަދި ސިފައިންގެ ބަދަލުގައި އުޅަނދުތަކުގެ ކްރޫއިންނަށް ގެނެސްފައިވަނީ ސިވިލިއަނުންނެވެ.

އިންޑިއާ ސިފައިން ފޮނުވާލުމަށް ކުރަމުން އައި މަސައްކަތްތަކާއި އެކު އެދެ އުޅަނދުގެ އޮޕަރޭޝަން އޮތީ މެދިކަނޑާލާފައި އެވެ. ބަލި މީހުން އުފުލުމަށްޓަކައި ސަރުކާރުން ވަނީ ރާއްޖޭގައި އެއާ އެމްބިއުލާންސް ހިދުމަތް ފަށާފައި އެވެ. ނަމަވެސް އެ އޮޕަރޭޝަންގައި ބޭނުންކުރަމުން ދިޔައީ ޑޭޝް 8 މަރުކާގެ ބޯޓަކާއި ސީ އެމްބިއުލާންސްއެކެވެ. ނަމަވެސް މިއަދު އިންޑިއާއިން ހަދިޔާކުރި ޑޯނިއާ އަދި ހެލިކަޕްޓަރު ބޭނުންކުރަން ފެށުމާއި އެކު ބަލި މީހުން އުފުލުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

އިންޑިއާގެ ސިވިލިއަން ކްރޫންނާއެކު އެ އުޅަނދުތަކުން، ސިއްހީ އަވަސް ފަރުވާ ލިބިދިނުމަށް ބަލި މީހުން އުފުލުމުގެ ހިދުމަތް އަލުން ފަށައި ރޭ 21:40 ހާއިރު، ޑޯނިއާ މަތިންދާބޯޓުގައި އުމުރުން 36 އަހަރުގެ މީހަކު ސިއްހީ އަވަސް ފަރުވާ ލިބިދިނުމަށް މާލެ ގެނެސްފައިވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ