logoEN
cocacola
ދައުލަތަށް ލިބެންޖެހޭ 13 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހުރީ ނުލިބި, އެފައިސާ ހޯދަން މަސައްކަތް ކުރާނަން - ރައީސް

ދައުލަތަށް ލިބެންޖެހޭ 13 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހުރީ ނުލިބި, އެފައިސާ ހޯދަން މަސައްކަތް ކުރާނަން - ރައީސް

އަލްފާ އަލީ

logo

7/26/2024, 7:02:07 PM

# ރައީސް މުއިއްޒު

-

ދައުލަތަށް އެކި ގޮތްގޮތުން ލިބެންޖެހޭ 13 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ހޯދަން މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

އެމަނިކުފާނު މިކަން ހާމަކުރެއްވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ދައުލަތަށް އެކި ގޮތްގޮތުން ލިބެންޖެހޭ ފައިސާގެ ތަފްސީލް ހާމަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ, ދައުލަތަށް ލިބެންޖެހޭ 13 ބިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި ވާ ކަމަށެވެ. މި ފައިސާ ހޯދުމަށް ކުރީގެ އެއްވެސް ސަރުކާރަކުން މަސައްކަތްކޮށްފައި ނުވާ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ, އެފައިސާ ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ބައެއް ފަރާތްތަކަށް ސިޓީ ފޮނުވައި, ބައެއް ފަރާތްތަކުން ފައިސާ ޖަމާކުރަން ފަށާފައިވާކަމަށްވެސް ރައީސް ފާހަގަކުރެއްވި އެވެ. މީގެ އިތުރުންވެސް ދައުލަތަށް ލިބެންޖެހޭ ފައިސާ އަނބުރާ ހޯދުމަށް ޚާއްސަ، އެސެޓް ރިކަވަރީ ޤާނޫނެއް ހެދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ