logoEN
cocacola
ބޭރުގެ ދަރަނީގެ ގޮތުގައި މިހާތަނަށް 3.8 ބިލިއަން ރުފިޔާ ދައްކައިފިން - ރައީސް

ބޭރުގެ ދަރަނީގެ ގޮތުގައި މިހާތަނަށް 3.8 ބިލިއަން ރުފިޔާ ދައްކައިފިން - ރައީސް

އަލްފާ އަލީ

logo

7/26/2024, 6:49:27 PM

# ރައީސް މުއިއްޒު

--

ބޭރު ދަރަންޏާއި އޭގެ އިންޓަރެސްޓްގޮތުގައި މިސަރުކާރުން މިހާތަނަށް 3.8 ބިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ

ގޮސިޔާ

އެމަނިކުފާނު މިކަން ހާމަކުރެއްވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ, މިސަރުކާރަށް މިވީ 8 މަސްދުވަހުގެ ތެރޭގައި ބޭރުގެ ދަރަންޏާއި ދަރަނީގެ އިންޓަރެސްޓަށް 3.8 ބިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ. ރައީސް އިތުރަށް ވިދާޅުވީ, މި ފައިސާ ދައްކާފައިވަނީ އެއްވެސް ލޯނެއް ޑިފޯލްޓްނުވެ, ފައިސާ ޗާޕްނުކޮށް, ލިބުނު އާމްދަނީން ކަމަށެވެ.

ބޭރުގެ އެހީ އެންމެބޮޑަށް ލިބޭ ޗައިނާ އާއި އިންޑިއާއިން ކަން ފާހަގަކޮށް ރައީސް ވިދާޅުވީ, އެކިއެކި މަޝްރޫޢުތަކަށް ރާއްޖެއިން ޗައިނާއަށް ދައްކަންޖެހޭ ދަރަނި ދެއްކުން 5 އަހަރު ދުވަހަށް ލަސްކޮށް ދިނުމުގެ ފެހި ސިގްނަލް ޗައިނާ ސަރުކާރުން ވަނީ ދީފައިވާ ކަމަށެވެ. އަދި ދާދި ފަހުން އިންޑިއާއަށް ދައްކަންޖެހުނު 50 މިލިއަން ޑޮލަރުވެސް އެގައުމުގެ ސަރުކާރުން ރޯލްއޯވާ ކޮށްދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ